ބީވައިޑީ ކާރު އުފައްދާ ކާރުޚާނާއެއް މޮރޮކޯގައި ހުޅުވުމަށް ނިންމާ، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 2ސ
ބީވައިޑީ ކާރު އުފައްދާ ކާރުޚާނާއެއް މޮރޮކޯގައި ހުޅުވުމަށް ނިންމާ، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
ބީވައިޑީ ކާރު އުފައްދާ ކާރުޚާނާއެއް މޮރޮކޯގައި ހުޅުވުމަށް ނިންމާ، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ކަސަބުލަންކާގައި ބޭއްވި ރަސްމިއްޔާތެއްގައި ބީވައިޑީގެ ފަރާތުން ސޮއިކުރެއްވީ ޗެއަރމަން ވަންގ ޗުއަންފޫއެވެ. މޮރޮކޯގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުގެ މިނިސްޓަރ އޮފް އިންޑަސްޓްރީ އެންޑް އިންވެސްޓްމެންޓް މައުލާ ހާފިދް އަލް އަލާމީ އާއި ފައިނޭންސް މިނިސްޓަރ މުޙައްމަދު ބޮސައިދްއެވެ.

މި ފެކްޓްރީ އެޅުމަށް ނިންމާފައިވަނީ 50 ހެކްޓަރގެ ބިމެއްގައެވެ. އަދި މި ފެކްޓްރީގެ ސަބަބުން 2,500 މީހުންނަށް ވަޒީފާގެ ފުރުޞަތު ހުޅުވިގެންދާ އިރު، މި މަޝްރޫޢާބެހޭގޮތުން މޮރޮކޯގެ ރަސްގެފާނު މުޙައްމަދު 6 ވަނީ ބީވައިޑީގެ ޗެއަރމަން ވަންގ ޗުއަންފޫ އާ ކަސަބްލަންކާގެ ޝާހީ ގަނޑުވަރުގައި ބައްދަލުކުރައްވާފައެވެ.

ބީވައިޑީ އަކީ 1995 ވަނަ އަހަރު އުފައްދާފައިވާ ކުންފުންޏެކެވެ. މި ކުންފުނިން އުފައްދާ ބެޓެރިން ދުއްވާ ކާރަކީ ދުނިޔޭގެ ކަންކޮޅުތަކުގައި ވަރަށް މަޤުބޫލު އުފެއްދުމެވެ. ޚާއްސަކޮށް ތިމާވެއްޓާއި ރައްޓެހި ޤައުމުތަކުގައެވެ.
އެ ކުންފުނީގައި 220,000 މުއައްޒަފުން ދުނިޔޭގެ އެކި ޤައުމުތަކުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މިއަދު އޮންލައިން