ރަނުގެ އަގުތައް ދުބާއީގައި މިއިން ދުވަހަކުވެސް ދަށަށް ނުދާ މންވަރަށް ދަށަށް ހިނގައްޖެއެވެ. މިހައި ބޮޑަށް ރަނުގެ އަގުވެއްޓިގެންދިއައީ އެ ޤައުމުގައި ބޭރު ފައިސާގެއަގު ވެއްޓުމާއި ގުޅިގެންނެވެ.
ރިޕޯޓްތައް ބުނާގޮތުން ފާއިތުވި 4 މަސް ދުވަސްތެރޭގައި ރަނުގެ އަގު ނުވެއްޓޭވަރަށް މިއަދު ވަނީ ވެއްޓީފައެވެ. ފުރުޞަތުގެ ބޭނުން ހިފައި ގިނަ ބައަކު ދަނީ ރަނުގެ ގަހަނާތައް ގަންނަމުންނެވެ.
ރަނުގެ ގަހަނާއަށް ބަލާއިރު މިއަދު މެންދުރު 24 ކެރެޓް ރަނުގެ އަގުހުރީ ގްރާމެއް 151 ދިރުހަމަށެވެ. ރަނުގެ އަގު އެންމެ ބޮޑަށް ގުޅިފައިވަނީ އެމެރިކާ ޑޮލަރާއިއެވެ.