އިންޑިއާގެ 45 އިންސައްތަ މީހުން ބުނަނީ ކަންކަން ކުރެވެނީ ރިޝްވަތުދީގެން ކަމަށް!
އިއްޔެ އިންޑިއާ އިން ހާމަކުރި ދިރާސާގައިވާގޮތުން ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން 45 އިންސައްތަ މީހުން ބުނެފައިވަނީ ފާއިތުވި 1 އަަހުރު ދުވަހުގެތެރޭގައި ކަންކަން ނިންމިފައިވަނީ ރިޝްވަތުދީގެން ކަމަށެވެ.
މިދިއަ އަަހަރު މި ނިޞްބަތް ހުރީ 43 އިންސައްތައިގައެވެ. މި ސަރވޭއަށް ބަލާއިރު ގާތްގަނޑަކަށް ކޮންމެ ދެކަމަކުން އެއްކަމެއް ނިންމުވުމަށް ރިޝްވަތުދޭން މިވަނީ ޖެހިފައެވެ.
37 އިންސައްތަ މީހުން ބުނެފައިވަނީ ކޮރަޕްޝަން އިތުރުވަމުން އަންނަ ކަމަށެވެ. މަދުވާކަމަށް ބުނެފައިވަނީ 14 އިންސައްތަ މީހުންނެވެ.
ވެރިރަށް ދިއްލީގެ މީހުންނަށް ބަލައިިފިނަމަ 33 އިންސައްތަ މީހުން ބުނެފައިވަނީ ކޮރަޕްޝަން އިތުރުވާ ކަމަށެވެ. 38 އިންސައްތަ މީހުން ބުނެފައިވަނީ އެއް ނިޞްބަތެއްގައި ހިފެހެއްޓިފައިވާ ކަމަށެވެ.