ޗައިނާ އާއި އިންޑިއާ އަދި ރަސިއާގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމެއް އިންޑިއާގައި ކުރިއަށް އެބަގެންދެއެވެ. މިއީ 3 ޤައުމުން ބާއްވާ މިފަދަ 15 ވަނަ ބައްދަލުވުމެވެ.
އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖް ވަނީ ޗައިނާ އާއި ރަސިއާގެ ޚާރިޖީވަޒީރުންނާއި ބައްދަލުކުރައްވައި ޤައުމުތަކާއިއެކު އިތުރަށް ގުުންތައް ބަދަހިކުރެއްވުމާއިބެހޭގޮތުން މަޝްވަރާކުރައްވައިފައެވެ.
3 ޤައުމުގެ ޚާރިޖީ ވަޒީރުންވެސް ވިދާޅުވެފައިވަނީ ބައްދަލުވުންތައް ވަރަށް ކާމިޔާބު ކަމަށެވެ.
އިންޑިއާ އާއި ޗައިނާ އަދި ރަސިއާއަށް ބަލައިފިނަމަ މި 3 ޤައުމަކީ "ގުޅިއްޖެނަމަ" ދުނިޔޭގެ އެންމެ ބޮޑު ބާރަށް ވެގެންދާނެއެވެ.