ބަޙްރައިން އޮތީ އިޒްރޭލާއެކުކަން އަމަލުން ދައްކާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ބަޙްރައިން އޮތީ އިޒްރޭލާއެކުކަން އަމަލުން ދައްކާލައިފި
ބަޙްރައިން އަކީ މުސްލިމް ޤައުމެއް ކަމަށްވީނަމަވެސް ބަހްރައިން އޮތީ އެމެރިކާ އާއި އިޒްރޭލާއިއެކުގައިކަން އަމަލުން ދައްކާލައިފިއެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން ބަހްރައިނުގެ 25 މީހުން ހިމެނޭ ވަފުދަކުން ވަނީ އިޒްރޭލަށް ގޮސް އިންފޮމޭޝަން މިނިސްޓަރާއި ބައްދަލުކޮށްފައެވެ. އަދި އެމީހުން ބުނެފައިވަނީ މިއީ އެއްވެސް ދީނަކާއި ގުޅުމެއް ހުރި ކަމެއް ނޫން ކަމަށެވެ. އެމީހުންނަކީ އެއްވެސް ދީނަކާއި ދެކޮޅު ބައެއް ނޫން ކަމަށެވެ.

އެެމރިކާގެ ރައީސް ޓްރަމްޕު އުފައްދުވާފައިވާ މައްސަލަތައް ހޫނުވެ މުސްލިމުން ކޮންމެ ދުވަހަކު މުޒާހަރާތައް ކުރަމުން ގެންދާ ދަނޑިވަޅެއްގައި ބަހްރައިނުން، އެމީހުންގެ ތާއީދު އިޒްރޭލަށް އޮތްކަން ހާމަކުރުމުން ސޯޝަލް މީޑިއާތަކުގައި ދަނީ ވަރަށް ބޮޑަށް ބަހްރައިނަށް ފާޑުކިޔަމުންނެވެ.

ބަޙްރައިނަކީވެސް އީރާނާއި ވަރަށް ދެ ކޮޅު ޤައުމެކެވެ. ބަހްރައިނުގައި ޖެހެމުން އަންނަ މައްސަލަތަކުގެ ފަހަތުގައި ވަނީ އީރާނުކަމަށް ބަޙްރައިނުން އަންނަނީ ބުނަމުންނެވެ.

އީރާނާއި ބަހްރައިނާއި ދެމެދުގައި ޚިޔާލުތަފާތުވުންތަކެއް އޮތުމަކީ މިފަދަ ދަނޑިވަޅެއްގައި އިޒްރޭލާއި އަދި އެމެރިކާ އާއި އެއްބައިވަންތަކަން ހާމަކުރަން ޖެހޭ ވަގުތެއް ނޫން ކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ.

ބައެއް މީހުން ބުނަމުން ގެންދަނީ ބަހްރައިން ވަނީ ޝައިޠާނާއަށާއި ދުނިޔަވީ އެދުންތަކަށް ވިކި ހުސްވެފައި ކަމަށެވެ. މުސްލިމް އުންމަތަށް އެއްވެސް ކުލުނެއް ހުރިނަަމަ މިފަދަ ވަގުތަކު މިފަދަ ކަމެއް ނުކުރާނެ ކަމަށެވެ.
މިއަދު އޮންލައިން