ސައުދިއަރަބިޔާގައި ބަންދުކޮށްފައިވާ ސިނަމާތައް އަންނަ އަހަރުގެ މާރިޗް މަހުން ފެށިގެން ހުޅުވުމުގެ ލައިސަންސްދޭން ނިންމައިފިއެވެ.
ސިނަމާތައް ހުޅުވުމުގެ ލައިސަންސް ދިނުމަށް ސައުދީ ސަރުކާރުން ނިންމާފައި މިވަނީ ބަންދުކުރިތާ 35 އަހަރު ފަހުންނެވެ. ސިނަމާތައް ބަންދުކުރީ އިސްލާމް ދީނާއި ނުގުޅޭ އަދި ހުއްދަ ނޫން ކަންތައްތައް ފިލްމުތަކުގައި ދައްކާތީ ދީނީ އިލްމުވެރިން އެކަމަށް ދެކޮޅު ހެއްދެވުމުންނެވެ.
މިހާރުވެސް އެކަމާއި ދެކޮޅު ހައްދަވާ ދީނީ ޢިލްމުވެރިން އެބަތިއްބެވިއެވެ. އެއިގެ ތެރެއިން ގިނަ ބޭފުޅުން މިހާރު ވެސް ތިއްބެވީ ޖަލުގައެވެ.
ސައުދީގައި ސިނަމާތައް ނުހުންނާތީ ސައުދީގެ ބައެއް މީހުން ފިލްމު ބަލައިލަން އަވަށްޓެރި ޤައުމުތަކަށް މިހާރުވެސް ދެއެވެ.