ޗައިނާގެ ސްކޫލްތަކަށް އަލީބާބާއިން 15 މިލިއަން ޔޫއެސް ޑޮލަރު ހޭދަކުރަން ނިންމައިފިއެވެ.
އަލީބާބާގެ ސީއީއޯ ޖެކް މާ ބުނީ މިއީ 10 އަހަރަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ މަޝްރޫޢަކަށް ދިނުމަށް ނިންމާފައިވާ ޢަދަދެއް ކަމަށެވެ.
300 މިލިއަން ޔުއާން ނުވަތަ 15 ބިލިއަން ޔޫއެސް ޑޮލަރުގެ އެހީ ބޭނުންކުރާނީ ޗައިނާގެ ސްކޫލްތަކަށް ޓީޗަރުން ހޯދުމަށާއި އިންފްރާސްޓްރަކްޗަރއަށް ކަމަށްވެސް ޖެކް މާ ބުންޏެވެ.
އޭނާ ބުނީ ޤައުމެއް ތަރައްޤީ ކުރެވޭނީ ތަޢުލީމީ، ޤާބިލް ޖީލެއް ބިނާކުރެވިގެން ކަމަށާއި އެހެންކަމުން އަލީބާބާގެ މި އެހީގެ ސަބަބުންވެސް އެފަދަ ޖީލެއް ބިނާކުރެވޭނެކަމަށް އުއްމީދުކުރާ ކަމަށެވެ.
މި އެހީގެދަށުން ފަށާ ފުރަތަމަ މަޝްރޫޢު އަންނަ އަހަރުގެ ޖެނުއަރީ 21ގައި ފެށުމަށް ވަނީ ނިންމާފައެވެ.