އެކުގައި އުޅުމަށްފަހު ޚިޔާލުތަފާތުވުމުން ގްރޫޕެއް ގެނުވައި އަންހެނަކު މަރާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 27ސ
އެކުގައި އުޅުމަށްފަހު ޚިޔާލުތަފާތުވުމުން ގްރޫޕެއް ގެނުވައި އަންހެނަކު މަރާލައިފި
އަބޫދާބީގައި ފްލެޓެއް ހިފައިގެން މަސައްކަތްކުރަން ތިބި ދެ އަންހެނެއްގެ މެދުގައި ޚިޔާލުތަފާތުވުމުން ގްރޫޕެެއް ގެނުވައި 38 އަހަރުގެ އަންހެނަކު މަރާލައިފިއެވެ.

ފުލުހުން ބުނީ ދެމީހުންގެ މެދުގައި ޒުވާބެއް އުފެދުމުން އެކަކު އޭނާގެ ރައްޓެހި 6 ފިރިހެނުން ހިމެނޭ ގްރޫޕަކަށް ދައުވަތުދީގެން ގެނުވައި އަންހެން މީހާގެ ތަކެތި ފޭރިގަތުމަށްފަހު އެންމެން ވެގެން މަރައިލީ ކަމަށެވެ.

ފުލުހުން ބުނީ އެކަމުގެ ހެކި ލިބިފައިވާ ކަމަށާއި 7 މީހުންވެސް ކުށަށް އިއުތިރާފްވެފައިވާ ކަމަށެވެ. މަރުވީ އޭސިއާގެ ޤައުމެއްގެ އަންހެނެއް ކަމަށްވެސް ފުލުހުން ބުނެއެވެ.
މިއަދު އޮންލައިން