ޗައިނާގެ އެންމެ އުފާވެރި ސިޓީއަކަށް ސިޗުއާން ޕްރޮވިންސް ހޮވިއްޖެ

ކިޔުމަށް ހޭދަވާނީ 41ސ
ޗައިނާގެ އެންމެ އުފާވެރި ސިޓީއަކަށް ސިޗުއާން ޕްރޮވިންސް ހޮވިއްޖެ
މިއަހަރު ޗައިނާގެ އެންމެ އުފާވެރި ސިޓީއަކަށް ސިޗުއާން ޕްރޮވިންސް ހޮވިއްޖެއެވެ.

އެ ސިޓީއަށް މި މަޤާމު ލިބުނީ އޮރިއެންޓަލް އައުޓްލުކް މެގަޒިންއިން ކުރި ސާރވޭއަކުންނެވެ. އެ މެގަޒިންއިން ކޮންމެ އަހަރަކުވެސް ކުރަމުން އަންނަ ސާރވޭގައި ފާއިތުވި 2015 އަދި 2016ގައި އެންމެ ކުރީގައި އޮތީ ބެއިޖިންގ އާއި ޝަންހާއީ އެވެ.

އޮރިއެންޓަލް އައުޓްލުކް މެގަޒިން އިން މި ސާރވޭކުރަނީ އެ ޤައުމަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ކޮމެންޓާއި އޮންލައިން މެދުވެރިކޮށެވެ. މި ސާރވޭގައި ދިރިއުޅުމުގެ ފެންވަރާއި އިންފްލޭޝަން އަދި ފަތުރުވެރިން އަންނަ މިންވަރަށް ބަލައެވެ.

ސިޒުއާން ސިޓީއަށް މި އަހަރުވަނީ ފައިބެއަހަރުތަކާއި ޚިލާފަށް ގިނަ ޢަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެކަމުގެ ސަބަބުން އެ އަވަށަށް އިޤްތިޞާދީގޮތުން ކުރިއެރުންތަކެއް ވަނީ ލިބިފައެވެ.
މިއަދު އޮންލައިން