އަފްޣާނިސްތާނުގެ 20 އަންހެން ސިފައިން އިންޑިއާ އިން ކޮންބެޓް ތަމްރީނު ހޯދަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
އަފްޣާނިސްތާނުގެ 20 އަންހެން ސިފައިން އިންޑިއާ އިން ކޮންބެޓް ތަމްރީނު ހޯދަނީ
އަފްޣާނިސްތާނުގެ އަސްކަރިއްޔާގެ ކުރީ ސަފުގައި މަސައްކަތްކުރާ 20 އަންހެން ސިފައިން އިންޑިއާގެ ޗެންނާއީގައި ކޮންބެޓް ތަމްރީނު ހޯދަމުން އެބަގެންދެއެވެ.

މިއީ އިންޑިއާގައި އަފްޣާނިސްތާނުގެ އަންހެން ސިފައިން މިފަދަ ތަމްރީނެއް ހޯދާ ފުރަތަމަ ފަހަރެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން 20 ދުވަހަށެވެ.

މި ޕްރޮގްރާމާއި ގުޅިގެން އިންޑިއާގެ އަސްކަރިއްޔާގައި މަސައްކަތްކުރާ ބައެއް އަންހެނުން ބުނެފައިވަނީ އެމީހުން ވެސް ތިބީ ކުރީ ސަފުގައި މަސައްކަތްކުރުމުގެ ފުރުޞަތަށް އެދިގެން ކަމަށެވެ. އެމީހުންނަކީވެސް އަފްގާނިސްތާނުގެ އަންހެނުންނަށްވުރެ ފަހަތުގައި ތިބި ބައެއް ނޫން ކަމަށެވެ.
މިއަދު އޮންލައިން