އައިއެސްގެ މީހަކު އެމެރިކާގެ ނިވްޔޯކުގެ ސަބްވޭއެއްގައި އެއްޗެއް ގޮއްވާލައިފިއެވެ. ފުލުހުން ބުނީ އެއީ 20 ވަރަކަށް އަހަރުގެ ބަންގާޅީއެއް ކަމަށް ބެލެވޭ ކަމަށެވެ.
މި ހަމަލާގައި ހަމަލާދިން މީހާ އަށާއި އިތުރު 4 މީހަކަށް އަނިޔާވެފައެވެ.
ފުލުހުން ބުނީ ހަމަލާ ދިން މީހާ ހައްޔަރުކޮށްފައިވާ ކަމަށާއި އަނިޔާ ލިބުނު އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާ ނުވާކަމަށެވެ.
ހަމަލާ ކާމިޔާބު ނުކުރެވުނީ ގޮއްވާލަން އުޅުނު ބާރުމިނުގައި ގޮވާގޮތް ނުވުމުންނެވެ.