ކަޝްމީރުގެ އިންޑިއާ ފަޅީގައި ޑޮކިޔުމެންޓަރީއެއް މޫވީ ކުރުމުގެ ކުށުގައި ފަރަންސޭސި ކެމެރާމަނަކު ބަންދުކޮށް ކޯޓުން 5 ދުވަހުގެ މުއްދަތު ޖަހައިފިއެވެ.
އޭނާ ބަންދުކުރީ ނޫސްވެރިކަން ކުރުމުގެ ވިސާނެތި ވިސާ ޤަވާއިދާ ޚިލާފަށް މަންޒަރުތައް މޫވީ ކުރިކަމުގެ ތުހުމަތުގައެވެ. ބަންދުކޮށްފައިވާ ފްރީ ލާންސަރ ޕޯލް ކޮމިޓި އަކީ ބިޒްނަސް ވިސާގައި އިންޑިއާގައި ހުރި މީހެކެވެ.
ކަޝްމީރަކީ ހަމަނުޖެހުން ބޮޑު ސަރަހައްދަކަށްވުމުން ސަލާމަތީ ގޮތުން ގެންދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. ކަޝްމީރުގެ ހާލަތު ދުނިޔެއަށް ދައްކަން އިންޑިއާ އިން ބޭނުމެއް ނުވެއެވެ. ޕޯލް ބަންދުކޮށްފައިވަނީ އެންމެ ކާރޫބާރޫ ބޮޑު ސްރީނަގަރުގެ ސަރަހައްދުންނެވެ.