ޓްރަމްޕާ ދެކޮޅު މުޒާހަރާ ކަވަރުކުރި ކެމެރާމަނަކަށް އަނިޔާކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 29ސ
ޓްރަމްޕާ ދެކޮޅު މުޒާހަރާ ކަވަރުކުރި ކެމެރާމަނަކަށް އަނިޔާކޮށްފި
އެމެރިކާގެ ރައީސް ޓްރަމްޕާ ދެކޮޅަށް އިއްޔެ ލެބަނަނުގައި ކުރި މުޒާހަރާ ކަވަރުކުރަން އުޅުނު ކެމެރާމަނަކަށް ފުލުހުން އަނިޔާކުރާ ވީޑިއޯ ކްލިޕެއް ޢާންމުކޮށްފިއެވެ.

އޭނާއަށް އަނިޔާކުރީ ކެމެރާ ނުކުރަން ފުލުހުން އަންގާފައިވަނިކޮށް ކެމެރާކުރުމުންނެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތްކުރާ ފަރާތްތަކުން ގެންދަނީ މި ހާދިސާ ކުށްވެރިކޮށް މައްސަލަ ހިނގި ގޮތް ބަލައި ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ. ޖަމިއްޔާތަކުން ބުނަނީ ނޫސްވެރިކަމަށް ފުރިހަމަ މިނިވަންކަން ދޭންޖެހޭނެ ކަމަށާއި ނޫސްވެރިކަމަށް ސަލާމަތީ ބާރުތަކުން ހުރަސްއަޅައިގެން ނުވާނެ ކަމަށެވެ.
މިއަދު އޮންލައިން