"އަހަރެން ހިފަހައްޓައި ދެ ފިރިހެނުންވެގެން ރޭޕްކުރީ. ސަލާމަތްވުމަށް އަވަށްޓެރިޔާގެ ގެއަށް ވަނުމުން ވެސް ކުރީ ރޭޕް'' ރޮވިފައި ހުރެގެން ކެންސަރު ޖެހިފައިވާ ޒުވާން އަންހެން ކުއްޖާ ފުލުހުންނަށް ކިޔައިދިނެވެ.
މިހާދިސާ ހިނގާފައިވަނީ އިންޑިއާގެ އުއްތަރުޕްރަދޭޝްގައެވެ. އިންޑިއާގައި ރޭޕްކުރުމާ މެރުން މިހާރު ވަނީ ގާޑިޔާތަކުގައި ސައި ވިއްކުން ފަދަ އެންމެ ޢާންމު ކަމަކަށްވެފައެވެ.
ހަރިޔާނާ ސްޓޭޓްގައި މިމަހުގެ 8 ވަނަ ދުވަހުގެ ރޭ އެންމެ 6 އަހަރުގެ އަންހެން ކުއްޖަކު ގޭގައި ހުއްޓާ ގެންގޮސް ރޭޕްކޮށްލުމަށްފަހު މަރާލާފައި އޮއްވާ ފެނު މައްސަލައަކީ މިހާރު އެންމެ ހޫނުވެފައިވާ އެއް މައްސަލައެވެ.
ފުލުހުން ގެންދަނީ މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާ ސުވާލުކުރަމުންނެވެ. އެކަކު ބަންދުކޮށްފައިވާކަމަށް ފުލުހުން ބުނި ނަމަވެސް އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަކަށް އަދިވެސް ނުބުނެއެވެ.
ކުއްޖާގެ މަންމަ ބުނީ ދަރިފުޅު ގޭގައި ނެތްކަން އެނގުނީ ހެނދުނު ހޭލުމުން ކަމަށެވެ. މައްސަލަ އާއި ގުޅިގެން ކުއްޖާގެ ބައްޕަ އާއި ތިމާގެ 3 މީހަކާއިވެސް ފުލުހުން ވަނީ ސުވާލުކޮށްފައެވެ.
އެކަންކުރި ބައަކު ނުހޯދަނީސް ކުއްޖާ ވަޅުނުލާނެކަމަށް ބުނުމުން ފުލުހުން ވަނީ ޤާތިލުން ހޯދާނެ ކަމުގެ ޔަޤީންކަން ދީފައެވެ. ނަމަވެސް އެއީ ޕްރެޝަރުން ސަލާމަތް ނުވެވިގެން ބުނި ބަހަކަށް މިހާރު ވަނީ ވެފައެވެ.