އެއްބައިވަންތަކަން ދައްކަން އިޒްރޭލަށް ދިއަ ބަހްރައިނުގެ ވަފުދު ޣާޒާއަށް ނުވައްދަން ޣާޒާ އިން ނިންމައިފިއެވެ. ޣާޒާ އިން ބުނީ އިޒްރޭލާ އެއްބައިވަންތަ މީހުންނަށް ޣާޒާގައި އެއްވެސް ޖާގައެއް ނެތް ކަމަށެވެ. އަދި އެމީހުންނަކީ ޓްރަމްޕާ އިޒްރޭލުގެ އަޅުން ކަމަށެވެ.
ބަހްރައިނުގެ ނޫސްތަކުގައިވެސް ވަފުދުގެ ދަތުރު ގެންދަނީ ކުށްވެރިކުރަމުންނެވެ. ބައެއް ނޫސްތަކުގައި ބުނެފައިވަނީ މިއީ ގިނަ ދީންތަކެއްގެ ބައަކު ގުޅިގެން ބަހްރައިންގެ އަގު ވައްޓާލައި ބަހްރައިނުގަ އިތުރު ހަމަނުޖެހުން ހިންގުވަން ކުރި ހަޑިމުޑުދާރު އަމަލެއް ކަމަށެވެ.
ބައެއް ނޫސްތަކުން ވަނީ މިއީ އެމެރިކާގެ ގޮނޑި ކޮއްކޮތަކެއް ކަމަށްވެސް ސިފަކޮށްފައެވެ. އަދި ބަހްރައިނުގެ ރައްޔިތުން ތިބީ ފަލަސްޠީނާއި އެކުގައިކަންވެސް ވަނީ ހާމަކޮށްފައެވެ.
އެމެރިކާގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުން އިންތިހާއަށް މާޔޫސްވެ ރުޅިގަދަވެފައި ތިބި ވަގުތަކު މި ދަތުރުކުރުމުން ގިނަ ނޫސްތަކެއްގައި ދަނީ ވަފުދަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
ބަހްރައިނުގެ ބައިވެރިވުމެއް މި ދަތުރުގައި ނެތްކަމަށް ބުނި ނަމަވެސް އެކަން ގިނަ ބައަކު ޤަބޫލެއް ނުކުރެއެވެ.