އަޅެއްގެ ގޮތުގައި ހަކުރުބަލީގެ އަންހެނަކު ގެންގުޅެ އަނިޔާކޮށް ދަތްތައް ދުއްވައިލި މައްސަލައެއް އޮސްޓްރޭލިއާގެ މެލިބަންގެ ކޯޓަކުން ބަލަން ފަށައިފިއެވެ.
މި މައްސަލަ ފެންމަތިވީ މީހަކު ކުރި ރިޕޯޓަކާއި ގުޅިގެން ފުލުހުން ދިއައިރު އަންހެން މީހާ ގަޔަށް ކުޑަކަމުދެވި ސާފުވެސް ނުވެވި ބިންމަތީގައި އޮއްވާ ފެނުމުންނެވެ. ހޮސްޕިޓަލަށް ގެންގޮސް ބެލިއިރު އޭނާ އަކީ ޑައިބެޓިސް 2 ވަރަށް ބޮޑަށް ހުރި އުމުރުން ދުވަސްވީ އަންހެނެކެވެ.
ފުލުހުން ބުނީ ބަލިމީހާއަކީ ގަވާއިދާއި ޚިލާފަށް އޮސްޓްރޭލިއާގައި ހުރި އަންހެނެއް ކަމަށާއި 2007 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާއި ހަމައަށް އޭނާ ގެންގުޅެފައިވަނީ އަޅެއްގެ ގޮތުގައި ވަރަށް އަނިޔާކޮށްގެން ކަމަށެވެ.
އޭނާ ގެންގުޅުނީ އިންޑިއާގެ ދެމަފިރިއެކެވެ. ދެމަފިރިންގެ ދަރިން އޭނާއަށް ކިޔަނީީ މާމައެވެ.