މިވަރުވީމާ ފުކެއް ބޮޑުވަރު: ފިރިމީހާ މަރާލުމަށްފަހު ލޯބިވެރިޔާގެ މޫނަށް އެސިޑްޖަހައި ފިރިމީހާ ކަމަށް ދައްކައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
މިވަރުވީމާ ފުކެއް ބޮޑުވަރު: ފިރިމީހާ މަރާލުމަށްފަހު ލޯބިވެރިޔާގެ މޫނަށް އެސިޑްޖަހައި ފިރިމީހާ ކަމަށް ދައްކައިފި
ފިރިމީހާ މަރާލައި ދުރު ސަރަހައްދަކަށް ގެންގޮސް އެއްލައިލުމަށްފަހު ލޯބިވެރިޔާގެ މޫނަށް އެސިޑް ޖަހައި ސިފަ ގެއްލުވާލައި އެއީ ފިރިމީހާކަމަށް ޢާއިލާއަށް ދައްކައިފިއެވެ.

މިކަން ކުރީ ހައިދަރު އާބާދުގެ ހޮސްޕިޓަލެއްގައި ނަރުސްކަން ކުރާ އަންހެނަކު ހޮސްޕިޓަލުގައި މަސައްކަތްކުރާ ފިޒިއޮތެރަޕިސްޓަކާއި ލޯބީގެ ގޮތުން ގުޅުމަށްފަހު ފިރިމީހާގެ މުއްސަނދިކަން ލޯބިވެރިޔާއަށް އަނބުރާލައިގެން ދެމީހުން ލޯބިން އުޅުމަށްޓަކައެވެ.

32 އަހަރުގެ ނަރުސް ފިރިމީހާގެ އާއިލާ ގާތު ބުނީ ދެމީހުން އެކުގައި ދަނިކޮށް ގޮތް ނުއެނގޭ ބައަކު އައިސް އެސިޑްޖަހާފައި ދިއައީ ކަމަށެވެ.

މައްސަލަ ފަޅައި އެރީ އެކަމާއި ގުޅިގެން "ފިރިމީހާ" އެޑްމިޓްކުރުމަށްފަހު ޢާއިލާއިން މައްސަލަ ފުލުހުންނަށް ހުށަހެޅުމުންނެވެ.

ފުލުހުންގެ ތަހްޤީޤަށް އެނގުނު ގޮތުގައި ފިރިމީހާގެ ގައަށް އިންޖެކްޝަނެއް ޖަހައި ނިންދެވުމަށްފަހު ދަގަނޑުބުރިއަކުން ބޮލުގައި ޖަހާ މަރައިލީއެވެ.

އެއަށްފަހު ކާރެއްގައި ގެންގޮސް ދުރު ހިސާބެއްގައި އޮތް ކޯރެއްގެ ތެރެއަށް އެއްލައިލީއެވެ. އެއަށްފަހު އަމިއްލައަށް އެސިޑް ކުޅި ކުޅުނީ ފިރިމީހާގެ މުއްސަނދިކަމުގައި ދެމީހުން އުފަލުގައި އުޅުމަށެވެ.

ފުލުހުން މިހާރު ވަނީ ފިރިމީހާ މަރާލި މައްސަލައިގައި އެސިޑްކުޅި ކުޅުނު ދެމީހުން ހައްޔަރުކޮށްފައެވެ.
މިއަދު އޮންލައިން