ފިލިޕިންސް- ޑްރަގު ޑީލަރުން މެރިވަރަކަށް އިޤްޠިޞާދު ކުރިއަށްދާކަން ހާމަވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ފިލިޕިންސް- ޑްރަގު ޑީލަރުން މެރިވަރަކަށް އިޤްޠިޞާދު ކުރިއަށްދާކަން ހާމަވެއްޖެ
ފިލިޕިންސްގެ ރައީސް ޑުޓާޓޭގެ އަމުރަށް ޑްރަގު ޑީލަރުން ފެނުނުތަނަކުން މަރަން ފެށުމުން އެންމެންވެސް ބުނަމުން އައީ އެކަމުގެ ސަބަބުން ޤައުމަށް ބޮޑެތި މައްސަލަތައް ކުރިމަތިވާނެ ކަމަށެވެ. އިޤްޠިޞަދީ މައްސަލަތައް އިތުރުވާނެ ކަމަށެވެ.

އެހެން ނަމަވެސް އެއީ ހަޤީޤަތަކަށް ނުވިއެވެ. މޫޑީޒް އިން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ އިޤްޠިޞާދު ކުރިއަރަން ފަށައިފި ކަމަށެވެ. ރިޕޯޓުގައި ދައްކަނީ ކްރެޑިޓް ރޭޓިން މަތިފައިވާ ކަމަށެވެ. އިންވެސްޓަރުންގެ އިތުބާރު އިތުރުވަމުން އަންނަ ކަމަށެވެ.

މިއީ 2013 ވަނަ އަހަރުގެ ފަހުން މިފަދަ "ރަނގަޅު" ރިޕޯޓެއް ނެރުނު ފުރަތަމަ ފަހަރެވެ.

ޑުޓާޓޭ އަންގަނީ ޤައުމު ފަނާވަމުން، ކުށްކުރުން އިތުރުވަމުން އަންނަނީ ޑްރަގުގެ ސަބަބުން ކަމަށެވެ. ޑީލަރުން މަރައި ހުސްކުރުމަކީ މިކަމަށް އޮތް ހަމައެކަނި ޙައްލު ކަމަށެވެ.

ޑްރަގު ޑީލަރުން މަރާތީ މައްސަލަތައް ޖައްސާ ފަރާތްތަކަށް ޑުޓާޓޭ އަންގަނީ ޑްރަގު ޑީލަރުންތައް އެމީހުންގެ ޤައުމަށް ގެންދިއުމަށެވެ. ފިލިޕންސްގައި އެކަންކަން ކުރާނަމަ މަރާނެ ކަމަށެވެ.

ޑުޓާޓޭގެ ސިޔާސަތުގެ ސަބަބުން ރައްޔިތުންގެ ހިނިތުންވުން ދަނީ އިތުރުވަމުންނެވެ. ތަނަވަސްކަން އިތުރުވަމުންނެވެ. ކުށްކުރުން މަދުވެ ޤައުމު އަމާންވަމުންނެވެ.

މިއަދު އޮންލައިން