ރަސިއާ ވެސް ޓްރަމްޕުގެ ނިންމުމަށް ތާއީދު ނުކުރާނެ ކަމުގެ ޔަޤީންކަން ޕުޓިން ދެއްވައިފި
އިޒްރޭލުގެ ވެރިރަށަކީ ޖެރޫސަލަމް ކަމަށް ކަނދައަޅައި އެމެރިކާގެ ރައީސް ޓްރަމްޕް ނިންމި ނިންމުމަސް ތާއީދު ނުކުރާނެ ކަމުގެ ޔަޤީންކަން ރަސިއާއިން ދީފިއެވެ.
ރަސިއާގެ ރައީސް ޕުޓިން އިއްޔެ ތުރުކީގެ ރައިސް އުރްދުޤާން އާއި ބައްދަލު ކުރައްވައި ވަނީ ޓްރަމްޕުގެ ނިންމުން ކުށްވެރި ކުރައްވައިފައެވެ. ޕުޓިން ވިދާޅުވީ ޓްރަމްޕުގެ މި ނިންމުމުގެ ސަބަބުން އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށާއި އުފެދޭނީ އިތުރު ހަަމަނުޖެހުން ކަމަށް ރަސިއާ އިން ނިންމާފައިވާ ނިންމުން ދަހައްޓާނެ ކަމަށެވެ.
ފަލަސްޠީނުން ބުނަމުން ގެންދަނީ އިޒްރޭލުން ފޭރިގެންފައިވާ ޖެރޫސަލްމްގެ ބިމަކީ އިޒްރޭލުގެ ބިމަކަށް ނުހެދޭނެ ކަމަށެވެ. އެކަމުގައި އެއްވެސް ދުލެއް ނުދޭނެ ކަމަށެވެ. ފަލަސްޠީނުގެ ނިންމުމަށް އެމެރިކާ ފިޔަވައި ހުރިހާ ޤައުމަކުން ދަނީ ތާއީދުކުރަމުންނެވެ.