ލަންކާގެ ކޮންމެ 93 ކުއްޖަކުން 1 ކުއްޖަކީ އޯޓިޒަމް ކުއްޖެއް- % 50 ޑޮކްޓަރުންނަށް ބަލީގެ މައުލޫމާތެއް ނޭނގޭ: ދިރާސާ
ސްރީލަންކާއަށް ބަލައިފިނަމަ ކޮންމެ 93 ކުއްޖަކުން 1 ކުއްޖަކީ އޯޓިޒަމް ކުއްޖެކެވެ. ހޮސްޕިޓަލުގައި މަސައްކަތްކުރާ % 50 ޑޮކްޓަރުންނަށް ބަލީގެ މައުލޫމާތެއް ނުއެނގެއެވެ.
އޯޓިޒަމް އަކީ ކުރީ ކޮޅުގައި ދެނެގެނެވިއްޖެނަމަ ފަސޭހަކުރަން ފަސޭހަ ބައްޔަކަށްވާއިރު އެންމެ މުހިންމީ ކުރީ ކޮޅުގައި ދެނެގަތުމެވެ.
މިކަމުގެ ދިރާސާކުރި ޑޮކްޓަރު ޔަސޭދާ މަހޭޝާ ވިދާޅުވެފައިވަނީ މިކަމަށްޓަކައި ޑޮކްޓަރުންނަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތު ފޯރުކޮށްދިނުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ.
ޑޮކްޓަރު ވިދާޅުވީ އޯޓިޒަމްގެ މައްސަލަތައް ހުންނަ ކުދިން ދެނެގަތުމުގެ ޤާބިލުކަން ޓީޗަރުންނަށްވެސް ފޯރުކޮށްދީގެން ނޫނީ މައްސަލަ ހައްލު ނުކުރެވޭނެ ކަމަށެވެ. ޓީޗަރުންނަށް އެކަމުގެ ޤާބިލުކަން ލިބިއްޖެނަމަ ކުރިއާލައި ދެނެގަނެވި ޑޮކްޓަރުންނާއި ހަމައަށް ދަރިން ގެންދިއުމަށް ބެލެނިވެރިންނަށް އިތުރަށް މގުފަހިވެގެންދާނެ ކަމަށެވެ.