ކެޒިންސްއިން މެޗުން މޮޅުވެފައިވަނީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް ކެޒިންސްއިން ގެންގޮސްފައިވަނީ 25-18، 25-18، އަދި 25-18 އުންނެވެ.
މުބާރާތުގެ ކުޅުނު ކުޅުންތެރިންގެ މެދުގައި އެންމެ މޮޅު ހަ ކުޅުންތެރިން ހޮވައިފައިވެއެވެ. އެ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ކެޒިންސްގެ އަނަސް ޖަލީލު، ޢަބްދުލް ހާދީ، ފަރުހާދު އިސްމާއީލް، އިބްރާހިމް ޝަމީޒުގެ އިތުރުން އެސްޖީސީ ސްޕޯޓްސްގެ ޢަލީ ސަނީހު، އަދި އަޒުހަން ޚަލީލެވެ.
މިއީ ފ.ނިލަންދޫ ޔަންގް ޖެނެރޭޝަން (އެންވައިޖީ) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. އެންޔައިޖީއިން ބުނެފައިވަނީ މި ފަހަރުގެ މުބާރާތް ހަމައެކަނި ނިލަންދޫގެ ޓީމްތަކުގެ މެދުގައި ކުޅުނަސް އަންނަ އަހަރުން ފެށިގެން މުޅި ފ.އަތޮޅަށް ހުޅުވާލުމަށް މަސައްކަތްކުރާނެކަމަށެވެ.
އަދި މި މުބާރާތް އިންތިޒާމްކުރުމުގައި އެންވައިޖީއިން ވޮލީ ކޯޓު ހުންނަ ސަރަހައްދުގައި މީހުންނަށް ބަލަން އިށީނދެވޭނެހެން ދެ ސިޑިބަރި ވެސް ހަދާފައިވާކަމަށް އެންވައިޖީއިން މައުލޫމާތު ދީފައިވެއެވެ.
މީގެ ދެ އަހަރު ކުރިން އުފެދުނު އެންވައިޖީއަކީ ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައި ގިނަ އިޖުތިމާއީ ހަރާކާތްތައް ހިންގާފައިވާ ޖަމްއިއްޔާއެކެވެ. އޭގެ ތެރޭގައި ކުޅިވަރުގެ ހަރަކާތްތަކުގެ އިތުރުން ޤުރްއާން މުބާރާތް ފަދަ ހަރަކާތްތައް ހިމެނެއެވެ.