ސައުދީގައި ސިނަމާތައް ހިންގުމަށް އެމެރިކާގެ އޭއެމްސީ ކުންފުންޏާއިއެކު ސައުދިއަރަބިޔާއިން ސޮއިކޮށްފިއެވެ. މިކުންފުންޏަކީ އެމެރިކާގައި ގިނަ ސިނަމާތަކެއް ހިންގާ ކުންފުންޏެކެވެ.
އެއްބަސްވުމުގައިވާ ގޮތުން ސައުދީ ޕަބްލިކް އިންވެސްޓްމަންޓުން މި މަޝްރޫއަށް ހޭދަކުރާނެއެވެ.
ސައުދިއަރަބިޔާ އިން ބުނެފައިވަނީ އޭއެމްސީ އިން އެންމެ ޒަމާނީ ފެންވަރުގައި އެ ޤައުމުގައި ސިނަމާތައް ހިންގާނެ ކަމަށެވެ. އަދި ޒުވާނުންނަށް އެކަމުގެ ފައިދާ ކުރާނެ ކަމަށެވެ.