މިއީ އުމުރުން 16 އަހަރުގެ ފަލަސްޠީނުގެ ކުއްޖެއް ކަމަށްވާ ފަވްޒީ އަލް ޖުނައިދީއެވެ. އޭނާއަށް އަނިޔާކޮށް ކަނުބަނދެ ހަތިޔާރު އެޅި 20 ވަރަކަށް ސިފައިންގެ ބެލުމުގެދަށުން އޭނާ އެގެންދަނީ ޖަލަކަށެވެ.
އަނިޔާވެރިކަން ހައްދުފަހަނައަޅާފައިވާ ޔަހޫދީ ސިފައިން ބުނަނީ މިހަފްތާގެ ކުރީކޮޅު ޣާޒާގައި ކުރި މުޒާހަރާއެއްގައި އެމީހުންގެ ގައަށް މި ޒުވާނާ ގައު އުކި ކަމަށެވެ. ނަމަވެސް ފަވްޒީ ބުނީ އެފަދަ ކަމެއް އޭނާ ނުކުރާ ކަމަށެވެ.
މިފޮޓޯ ސޯޝަލް މީޑިއާގައި ގިނަ ބައަކު ވަނީ ބޭނުންކޮށްފައެވެ. އެންމެންވެސް ވަނީ އަނިޔާވެރި ޔަހޫދީ ސިފައިން ކުށްވެރިކޮށްފައެވެ. މިވަރުގެ ކުއްޖަކަށް ހަތިޔާރު އެޅި އެހައި ގިނަ ބައަކު ވެގެން އަނިޔާކުރީތީއެވެ.
ފަވްޒީ މިހާރު ވަނީ އިޒްރޭލުގެ ޖަލުގައެވެ. ޝަރީއަތެއް ހިންގާނެ ކަމެއް ހިންގާނެ ދުވަހެއް ވެސް އެނގެނީއެއް ނޫނެވެ. ފަލަސްޠީނުގެ މިފަދަ އެތައް ހާސް ކުދިންނާއި އެތައް ހާސް ޒުވާނުން މިހާރުވެސް ވަނީ އިޒްރޭލުގެ ޖަލުތަކުގައެވެ. އެއްވެސް ޝަރީއަތެއް ނުކުރެއެވެ.