އުރީދޫއިން މަޤްބޫލް މިޔުޒިކް ސްޓްރީމިންގ އެޕް ލަވަފޮށި އާއި ގުޅިގެން ލަވަފޮށި ޕްރިމިއަމް ތައާރަފްކޮށްފިއެވެ.
މި ޕާރޓްނަރޝިޕާއެކުއުރީދޫގެ ކަސްޓަމަރުންނަށް ލަވަފޮށި ޕްރިމިއަމް މުޅިން ހިލޭ ބޭނުންކުރުމުގެ ފުރުސަތު ލިބި، ދިވެހި މިއުޒިކީ ދިގު ތާރީޚުގެ ގިނަ ލަވަ އަޑު އަހާ، އެ ލަވަތައް ޑައުންލޯޑްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ރާއްޖޭގެ އެންމެ ފުރަތަމަ ސްޓްރީމިންގ މިއުޒިކް ޚިދުމަތްކަމުގައިވާ ލަވަފޮށި ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިންގެ ތެރޭގައި ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައެވެ. 10،000 އަށްވުރެ ގިނަ ދިވެހި ލަވައާއި އެކު "ލަވަފޮށި ޕްރިމިއަމް" ގެ ޚިދުމަތް ސަބްސްކްރައިބް ކުރައްވައިގެން ބޭނުންކުރުމުގެ ފުރުޞަތު ހުރިހާ އެންމެންނަށް ލިބިގެންދާއިރު އުރީދޫގެ ކަސްޓަމަރުންނަށް "ލަވަފޮށި ޕްރިމިއަމް" އިތުރު އެއްވެސް އަގަކާނުލާ އުރީދޫ 4G+ ނެޓްވޯކުގައި ބޭނުންކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
އެހާރާއި މިހާރުގެ ދިވެހި ލަވައާއި މިއުޒިކް ހައި ކޮލިޓީގައި، މޮބައިލް ފޯނުން އަޑު އަހާލުމުގެ ހިތްހަމަޖެހުން "ލަވަފޮށި ޕްރިމިއަމް" އިން ލިބިގެންދާނެއެވެ. މި އެޕްގެ އެޑެޕްޓިވް ސްޓްރީމިންގ ފީޗަރ މެދުވެރިކޮށް، ސްމާރޓް ފޯންތަކަށް އެންމެ ފުރިހަމަ އުރީދޫ ނެޓްވާރކްގައި، މިއުޒިކް އޭގެ އެންމެ ފުރިހަމަގޮތުގައި ތަޖުރިބާކޮށްލާ، އެންމެ ކަމުދާ ލަވަތައް ހައި ކޮލިޓީގައި އެއްވެސް އިޝްތިހާރަކާނުލާ އޮފްލައިންކޮށްވެސް އަޑުއަހާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އަދުގެ ޑިޖިޓަލް ދުނިޔޭގައި ލަވަފޮށި ވެފައިވަނީ މަޝްހޫރު، އަދި އަރަމުން އަންނަ ދިވެހި ފަންނާނުން ކުރިއަރުވާ، ޑިޖިޓަލް ކޮންޓެންޓް އުފައްދާ ޕްރޮމޯޓް ކުރުމަށްމުޙިއްމު މަގެއްކަމުގައެވެ.
އުރީދޫއިން ބުނެފައިވަނީ ޑިޖިޓަލް ދިވެހިރާއްޖެއެއް ޤާއިމްކުރުމުގެ ތަޞައްވުރާއިއެކު ކުރިއަށް އޮތްތަނުގައިވެސް މަސައްކަތް ކުރަމުންދާނީ ދިވެހި ފަންނާނުންގެ ހުނަރު ކުރިއެރުވުމުގައި އެހީތެރިވެދީ ބައިނަލްއަޤްވާމީ މައިދާނުގައި ފަންނުވެރިން ޕްރޮމޯޓް ކުރެވޭނޭ ގޮތްތައް އެކިއެކި ޚިދުމަތްތަކާ އެޕް މެދުވެރިކޮށް ހޯދައިދިނުމަށްކަމަށެވެ.