އިރާނަށް ފުލުފުލުގައި ބިންހެލުންތަކެއް
އިރާންގެ ދެކުނުގައިވާ ކަރަމަން ޕްރޮވިންސްގެ ހިސާބުތަކަށް ފުލުފުލުގައި ބިންހެލުންތަކެއް އައިސް އެތައް ބަޔަކު ޒަހަމްވެ ބައެއް ގެތަކަށް އެތައް ގެއްލުންތަކެއް ވެއްޖެއެވެ.
މި ބިންހެލުންތަކުގައި 18 މީހަކު ޒަހަމްވެ 20 ގެއަކަށް ގެއްލުން ލިބިފައިވާކަމަށް މިހާތަނަށް ރިޕޯޓްކޮށްފައިވީ ނަމަވެސް ބިންހެލުންތަކުގެ ފަހުގެ މައުލޫމާތުތައް މީޑިއާތަކަށް ލިބިފައިނުވާކަމަށާއި ބިންހެލުންތަކުގެ އަސްލު ގެއްލުން މިއަށްވުރެެ ބޮޑުވާނެކަމަށް ގިނަ މީޑިއާ ރިޕޯޓުތަކުން ބުނެއެވެ.
މި ސަރަހައްދަށް އިއްޔެއާއި މިއަދު އައިސްފައިވާ ބިންހެލުންތަކަކީ 5.5 މެގްނިޓިއުޑްއާއި 6.5 މެގްނިޓިއުޑްގެ ދެމެދުގެ ބިންހެލުންތަކެއްކަމަށް ރިކޯޑްކުރެވިފައިވެއެވެ. އެގޮތުން މިއަދު ވަނީ 6.2 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައެވެ.
ބިންހެލުންތައް އައިސްފައިވާ އިރާންގެ ކަރަމަން ޕްރޮވިންސްއަކީ 820000 އަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ ސަރަހައްދެކެވެ.