މަސްތީ އިހްސާސްތަކާއެކު ލަވަކްލިޕެއް ރެކޯޑްކުރި މިޞުރުގެ އަންހެން ލަވަކިޔުންތެރިއެއްް 2 އަހަރަށް ޖަލަށް!
މަސްތީ އިޙްސާސްތަކާއިއެކު ލަވަކްލިޕެއް ރެކޯޑްކޮށް ސޯޝަލް މީޑިއާގައި ޢާންމުކުރި މިޞުރުގެ މަޝްހޫރު ލަވަކިޔުންތެރިއަކާއި ކްލިޕް އަޕްލޯޑް ކުރި މީހާ 2 އަހަރަށް ޖަލަށް ލުމަށް މިޞުރުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ.
2 އަަހަރުގެ ޖަލު ޙުކުމް އިއްވުމުގެ އިތުރުން 10،000 މިޞުރު ޮޕައުންޑުން ޖުރުމަނާ ކުރުމަށްފަހު ކޯޓުން ބުނީ 21 އަަހަރުގެ ޝީމާ އަށާއި އެހެން ލަވަމިޔުންތެރިއަކަށް މިކަމުން ފިލާވަޅެއް ލިބޭނެ ކަމަށެވެ.
ކޯޓުގައި ވެސް ސޯޝަލް މީޑިއާގައިވެސް ޝީމާ ވަމީ މާފަށް އެދިފައެވެ. އެހެންކަމުން އެޕީލް ކުރުމުގެ ފުރުޞަތު ލިބޭނެއެވެ.
މިޞުރުގައި އުފައްދާ ފިލްމްތަކުގައި މިބާވަތުގެ ބައިތައް ހިމަނައެވެ. ނަމަވެސް އެއްވެސް އަދަބެއް ދިންކަން އެނގިފައެއް ނުވެއެވެ.