ޓްރަމްޕުގެ ނިންމުމުގެ ސަބަބުން ފަލަސްޠީނަށް ދުނިޔޭގެ ތާއީދު އިތުރުވަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ޓްރަމްޕުގެ ނިންމުމުގެ ސަބަބުން ފަލަސްޠީނަށް ދުނިޔޭގެ ތާއީދު އިތުރުވަނީ

އެމެރިކާގެ ރައީސް ޓްރަމްޕް އިޒްރޭލުގެ ވެރިރަށަކީ ޖެރޫސަލަމްކަމަށް ޤބޫލުކުރަން އެމެރިކާއިން ނިންމުމާއި އަދި އެމްބަސީ ޖެރޫސަލަމަށް ބަދަލުކުރަން ނިންމި ނިންމުމާއި ގުޅިގެން ފަލަސްޠީނަށް ދުނިޔޭގެ ތާއީދު ތާއީދު ދަނީ އިތުރުވަމުންނެވެ.

މީގެ ކުރިން ފަލަސްޠީނުގެ ނުދައްކާ މީހުންވެސް މިހާރު ދައްކައެވެ. ފަލަސްޠީނުގެ ވާހަކަ ނުދައްކާ ގިނަ ޤައުމުތަކެއްގައިވެސް ގެންދަނީ ޓްރަމްޕާއިި ދެކޮޅަށް މުޒާހަރާތައް ކުރަމުންނެވެ.

ސަރުކާރުތަކުން އިންސާނުންނަށްވުރެ ހަތިޔާރަށް އިސްކަން ދިން ނަމަވެސް ރައްޔިތުން އެގޮތް ބޭނުމެއް ނުވެއެވެ. ބޭނުންވަނީ ޞުލްޙަވެރިކަމާއިއެކު ދިރިއުޅެވޭނެ ގޮތްތަކެވެ. ކޮންމެ ހަނގުރާމައަކާއި ގުޅިގެން ފިތެނީ ރައްޔިތުންނެވެ. ބަނޑަށް ޖެހެނީވެސް މަރުވަނީ ވެސް ރައްޔިތުންނެވެ. ވެރިން ހަމަ ހަމަޖެހިލައިގެން މީރުހައި ތަކެތި ކައިގެން ބޮޑެތި ގހަނޑުވަރުތަކުގައި ތިބެނީއެވެ.

ޤައުމުތަކުގައި ދެމުން ގެންދާ ހަމަލާތަކުގައި މަރުވަނީވެސް ޢާންމު ރައްޔިތުންނެވެ. ވެރިންނަށް ކަމެއް ވަނީ މިލިއަނަކުން ފަހަރަކުއެވެ. މިކަންކަން ރައްޔިތުން ޤަބޫލުކުރެއެވެ.

ސީރިޔާއަށް ބެލި ނަމަވެސް އެތައް މިލިއަން ރައްޔިތުން މަރުވެ ބިކަހާލުގައި ޖެހިފައިވާއިރު އަސަދު އެހެރީ އަދިވެސް ހަމަ ހަމަޖެހިލައިގެންނެވެ. އެތައް މިލިއަން ރައްޔިތުންނަށް ކުރިމަތިވެފައިވާ މުޞީބާތްތަކުގެ އެއްވެސް އަސަރެއް ވެސް ނުކުރާ ފަދައެވެ.
މިއަދު އޮންލައިން