ޖެރޫސަލަމުގެ މައްސަލައިގަ ސައުދީ- އުރުދުންގެ ރަސްކަލުން މަޝްވަރާކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ޖެރޫސަލަމުގެ މައްސަލައިގަ ސައުދީ- އުރުދުންގެ ރަސްކަލުން މަޝްވަރާކުރައްވައިފި

އެމެރިކާގެ ރައީސް ބޯހަރު ޓްރަމްޕު ޖެރޫސަލަމާއިމެދު ނިންމި ނިންމުންތަކާއި ގުޅިގެން އުރުދުންގެ ރަސްގެފާނު ޢަބްދުﷲ އާއި ސައުދީ ރަސްގެފނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަދި ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން މަޝްވަރާކުރައްވައިފިއެވެ.
އުރުދުންގެ ޢަބްދުﷲ ރަސްގެފާނު އިއްޔެ ސައުދިއަަރަބިޔާއަށް ކުރެއްވެވި ދަތުރުުފުޅުގައި ދެ ބައްދަލުވުން ކުރިއަށް ގެންދަވާފައިވަނީ ވަކިވަކިންނެވެ.
މުހައްމަދު ބިން ސަލްމާން ވިދާޅުވީ ބޯހަރު ޓްރަމްޕުގެ ނިންމުންތަކުގެ ސަބަބުން މެދުއިރުމަތީގެ ޞުލްޙައަށް ވަރަށް ބޮޑަށް ހުރަސްއެޅިފައިވާ ކަމަށެވެ. އަދި ފަލަސްޠީނުގެ މައްސަލަ ހައްލުކުރަން ކުރެވެމުން އަންނަ މަސައްކަތްތައް ވަރަށް ބޮޑުތަން ފަހަތައް ޖެހިއްޖެ ކަމަށެވެ.
މީގެ އިތުރުން ސަރަަހއްދުގެ އިތުރު މައްސަލަތަކާއި ދެ ޤައުމުގެ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ ގޮތުންވެސް ބައްދަލުވުންތަކުގައި ވަނީ މަޝްވަރާކޮށްފައެވެ.
އުރުދުން އިން އަަބދުވެސް އަމަލުކުރަނީ ސައުދީ ސިޔާސަތަށެވެ. އުރުދުންއަށް ބޭނުންވާ މާލީ އެހީތެރިކަން އެންމެ ބޮޑަށް ފޯރުކޮށްދެނީ އުރުދުނުންނެވެ.
މިއަދު އޮންލައިން