ސައުދީގެ ޕެޓްރޯލުގެ އަގު % 80 ބޮޑުކުރަނީ- ޖެޓް ފިޔުލްގެ އަގުވެސް ބޮޑުކުރަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ސައުދީގެ ޕެޓްރޯލުގެ އަގު % 80 ބޮޑުކުރަނީ- ޖެޓް ފިޔުލްގެ އަގުވެސް ބޮޑުކުރަނީ

އަންނަ އަހަރުގެ ޖަނަވަރީ މަހު ސައުދިއަރަބިޔާގައި ޕެޓްރޯލާއި ޖެޓް ފިޔުލްގެ އަގު ބޮޑުކުރާނެ ކަމަށް ބެލެވެއެވެ. ޕެޓްރޯލުގެ އަގުން 80 އިންސައްތަ ބޮޑުކުރާނެ ކަމަށް ބެލެވޭއިރު ޖެޓްފިޔުލްގެ އަގު އުފުލާނީ ދުނިޔޭގެ ނިޞްބތުން ކަަށްވެސް ބެލެވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ބަދަލުގެންނަނީ ޤައުމުގެ އިޤްޠިޞާދު ރަނގަޅުކުރަން އަޅާ ފިޔަވަލެއްގެ ގޮތުގައެވެ. ސައުދިއަރަބިޔާގައި ޕެޓްރޯލާއި ތެލުގެ ބާވަތްތަކުގެ އަގު ބޮޑު ނުކުރާތާ އަހަރުތަކެއް ވެއްޖެއެވެ.

ދުނިޔޭގެ ބާޒާރަށް އެންމެ ގިނަ އަދަދަކަށް ތެޔޮ އުފައްދާ ސައުދިއަރަބިޔާއިން މިފަދަ ބޮޑު ބަދަލެއް ގެންނަން ނިންމިއިރު ޔޫއޭއީ އާއި ސަރަހައްދުގެ ބައެއް ޤައުމުތަކުގައި ތެލުގެ އަގު ވަނީ ދާދިފަހުންވެސް ބޮޑުކޮށްފައެވެ.

ތެލުގެ އަގު އުފުލުމަކީ ޤައުމުގެ ހުރިހާ ވިޔަފާރިތަކަށް އެކަމުގެ އަސަރުކުރާ ކަމަކަށްވާތީ ރާއްޖޭގައި ތެލުގެ އަގުތައް ދުނިޔޭގެ ނިޞްބަތުން ހެޔޮކަން ފާހަގަކުރަންޖެހެއެވެ. ދެކުނު އޭސިއާ ސަރަހައްދުގައިވެސް ރާއްޖޭގެ އަގުތަކަކީ އެންމެ ހެޔޮ އަގުތަކެވެ.
މިއަދު އޮންލައިން