ދެކުނު ކޮރެއާއަށް ޒިޔާރަތްކުރާ ޗައިނާގެ ފަތުރުވެރިންގެ ޢަދަދު އިތުރުވެ، އިޤްތިޞާދު ކުރިއަރަމުން އަންނަކަމަށް ދެކުނު ކޮރެއާގެ ފަތުރުވެރިކަމާއިބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން ބުނީ ފައިބެއަހަރާ އަޅާބަލާ އިރު، ދެކުނު ކޮރެއާއަށް ޒިޔާރަތްކުރި ޗައިނާގެ ފަތުރުވެރިންގެ ޢަދަދު މިއަހަރު އިތުރުވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ ޤައުމުގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާ ކަމަށެވެ.
ބޭންކް އޮފް ކޮރެއާ (ބީއޯކޭ) އާއިޙަވާލާދީ އެ ވުޒާރާއިން ބުނެފައިވަނީ ފައިބެއަހަރު ޗައިނާގެ 4 މިލިއަން ފަތުރުވެރިން އައިސްފައިވާ އިރު، މިއަހަރުގެ މިހާތަނަށް 8,068,000 ފަތުރުވެރިން އެޤައުމަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ.
މި އަހަރުގެ މިހާތަނަށް 4.6 މިލިއަން ޔޫއެސް ޑޮލަރު ލިބިފައިވާ ކަމަށާއި މިއީ ވަރަށްބޮޑު ކުރިއެރުމެއް ކަމަށްވެސް ބުނެފައިވެއެވެ.