ގޫގުލްގެ އާޓިފިޝިއަލް އިންޓެލިޖެންސް ރިސާޗް ސެންޓަރެއް ޗައިނާގައި ހުޅުވަނީ

ކިޔުމަށް ހޭދަވާނީ 1މ 9ސ
ގޫގުލްގެ އާޓިފިޝިއަލް އިންޓެލިޖެންސް ރިސާޗް ސެންޓަރެއް ޗައިނާގައި ހުޅުވަނީ
އާޓީފިޝިއަލް އިންޓެލިޖެންސް (އޭއައި) ގެ ޓެކްނޮލޮޖީތަކާއި ބެހޭ ދިރާސާތައް ކުރުމަށް ގޫގުލްގެ އޭއައި ރިސާޗު ސެންޓަރެއް ޗައިނާގައި ހުޅުވަން އެ ކުންފުނިން ނިންމައިފިއެވެ.

ގޫގުލްއިން ބުނެފައިވަނީ ޗައިނާގައި ހުޅުވަން މަސައްކަތްކުރަމުންދާ ސެންޓަަރަކީ އޭޝިއާ ސަރަހައްދުގައި ވެސް ހުޅުވޭ އޭއައި ދާއިރާގެ ފުރަތަމަ ސެންޓަރުކަމަށެވެ. އަދި ޗައިނާގައި ހުޅުވާ ގޫގުލްގެ ސެންޓަރުގައި މަސައްކަތްކުރުމަށް އެ ކުންފުނިން ވަޒީފާތަކަށް މީހުން އައްޔަންކުރާނީ ވެސް އޭޝިއާ ސަރަހައްދުން ލިބެންހުރި ހުނަރުވެރި މީހުންނަށް ކަމަށް ވެސް ގޫގުލްއިން ބުނެފައިވެއެވެ.

އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން މޮޅު އާ އުފެއްދުންތަކެއް އީޖާދުކުރެވޭނެކަމަށް ބެލެވޭއިރު އެމެރިކާއާއި އިނގިރޭސި ވިލާތުން އެ ދާއިރާ ތަރައްޤީކުރުމަށް ގިނަ މަސައްކަތެއް ކުރަމުންދެއެވެ. އެ ދާއިރާއިން ކުރިއަށްދާން ޗައިނާއިން ވެސް ބޭނުންވެއެވެ. ޗައިނާގެ އަމާޒަކީ ވެސް އެ ދާއިރާގައި އެމެރިކާއާ ފައިހަމަ ކުރުމެވެ.

އެ ގޮތުން، ގޫގުލްއިން މިހާރު ވެސް އަންނަނީ އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަންގައާއި އެމެރިކާގެ ނިއުޔޯކް ސިޓީގައި އޭއައި ރިސާޗު ސެންޓަރެއް ހިންގަމުންނެވެ.

އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްެގެން އަމިއްލައަށް ޑްރައިވްކުރެވޭ ކާރާއި ފެކްޓަރީ ރޮބަޓާއި އަޑާއި މޫނު ދެނެގަނެވޭ ސޮފްޓްވެއަރ ފަދަ އުފެއްދުންތައް އުފެއްދޭނެކަމަށް އޭއައި ދިރާސާކުރަމުންދާ ސައިންސްވެރިން ލަފާކޮށްފައިވެއެވެ.

މިއަދު އޮންލައިން