މިދިޔަ މަހު 24 ގައި ހުޅުމާލޭ ގައި ބޭއްވި "ދިރާގު ރޯޑް ރޭސް" އިން ލިބުނު 352،010 ރުފިޔާ، އެރޭހާއި ގުޅުން ހުރި ޖަމިއްޔާތަކަށް ހަމައަށް ބަހާލާ، މިއަދު ފައިސާގެ އިނާމު ޖަމިއްޔާތަކާއި ހަވާލު ކޮށްފިއެވެ.
މިއަދު ހަވީރު ދިރާގު ހެޑް އޮފީހުގައި މިކަމާއި ގުޅެ ގޮތުން ބޭއްވި ޚަފްލާގައި ޖަމިއްޔާތަކާއި ފައިސާ ހަވާލު ކޮށްދެއްވާފައިވަނީ ދިރާގުގެ އިސް ބޭފުޅުންނެވެ.
މިފައިސާއަކީ ދިރާގު ރޯޑް ރޭހުގައި ބިބް ދޫކުރިއިރު ޓީޝާޓް ވިއްކައިގެން ލިބުނު ފައިސާއެވެ. ޓީޝާޓް ދޫކޮށްފައިވަނީ މަދުވެގެން 50 ރުފިޔާ ހަދިޔާ ކުރި މީހުންނަށެވެ. އެންމެ މަގްބޫލު ފަސް ޖަމިއްޔާގެ ތެރެއިން، ކޮންމެ ޖަމިއްޔާއަކަށް 56،890 ރުފިޔާ ދިރާގުން ވަނީ ހަދިޔާ ކޮށްފައިވެއެވެ.
ފައިސާ ލިބުނު ޖަމިއްޔާތަކާއި ފައިސާގެ އަދަދު:
• އެޑްވޮކޭޓިން ދި ރައިޓްސް އޮފް ޗިލްޑްރެން (އާކް): 56،890 ރުފިޔާ
• ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް: 56،890 ރުފިޔާ
• މޯލްޑިވްސް އެސޯސިއޭޝަން އޮފް ފިޒިކަލް ޑިސޭބަލްސް (އެމްއޭޕީޑީ): 56،890 ރުފިޔާ
• މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން: 56،890 ރުފިޔާ
• ޓައިނީ ހާޓްސް އޮފް މޯލްޑިވްސް: 56،890 ރުފިޔާ
• ބިއުޓިފުލް އައިސް ޑައުން ސިންޑްރޯމް އެސޯސިއޭޝަން: 16،890 ރުފިޔާ
• ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮސައިޓީ (ކެޕްސް): 16،890 ރުފިޔާ
• މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީ (އެމްޓީއެސް): 16،890 ރުފިޔާ
• ސޮސައިޓީ ފޮ ހެލްތު އެޑިއުކޭޝަން (ޝީ): 16،890 ރުފިޔާ
މިއަހަރުގެ ދިރާގު ރޯޑު ރޭހުގައި 3000 އަށް ވުރެ ގިނަ މީހުން ބައިވެރިވިއެވެ.