އަނބުރައިގަނެގެން ވެއްޓުނު އަންހެނެއްގެ ކޮތަޅުން ފެނުނީ ވިހެއުމަށްފަހު މަރާލާފައިވާ ކުއްޖެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
އަނބުރައިގަނެގެން ވެއްޓުނު އަންހެނެއްގެ ކޮތަޅުން ފެނުނީ ވިހެއުމަށްފަހު މަރާލާފައިވާ ކުއްޖެއް!
ދުބާއީގައި މަސައްކަތްކުރާ އަންހެނަކު ބަނޑުގައި ރިއްސާތީ ފާޚާނާއަށް ވަދެ ވިހައި ދަރިފުޅު މަރާލައިފިއެވެ.

ފިލިޕިންސްއަށް ނިޞްބަތްވާ އުމުރުން 32 އަހަރުގެ މި އަންހެން މީހާއަކީ ގެއެއްގައި ގެންގުޅުނު އަންހެނެކެވެ. ގޭގެވެރިފަރާތުން ބުނީ އޭނާ ބަލިވެއިންކަން ނުއެނގޭ ކަމަށެވެ.

"ކުއްލިއަކަށް އެއް ރޭ ބުނީ ބަނޑުގާ ރިއްސާކަމަށް. ދެން ފެނުނީ ފާޚާނާއަށް ވަންތަން. އަހަރެމެން މާ ބޮޑު ސަމާލުކަމެއް ނުދެން. ދެ ގަޑިއެއްހައިއިރު ފަހުން ފެނުނީ ޕްލާސްޓިކް ކޮތަޅެއް ހިފައިގެން ފާޚާނާއިން ނުކުތްތަން. ނުކުތްތަނާ އަނބުރައިގަނެގެން ވެއްޓުނީ. ކައިރިއަށް ގޮސް ބެލިއިރު ހެދުމުގެ ލޭ ހުރި. ދެން އަހަރެމެން ކޮތަޅު ބަލައިލުމުން ފެނުނީ ވިހެއުމަށްފަހު މަރާލާފައި އޮތް ތުއްތު ކުއްޖެއް." ކަމަށް ކޯޓުގައި ގޭގެ ވެރިފަރާތުން ކިޔައިދީފައިވެއެވެ.

ފުލުހުންގެ ރިޕޯޓްތައް ބުނާ ގޮތުން ވިހެއުމަށްފަހު ކުއްޖާ މަރައިލީ ނޭވާ ހާސްކޮށެވެ. ރޮއިފާނެތީ ވަނީ ކަރުގައިވެސް ވަރަށް ބާރަށް ހިފަހައްޓާފައެވެ.
މިއަދު އޮންލައިން