މަސްތުވެގެން ހުރެ އަނބިދަރިންނަށް ބިރުދައްކަމުން ދިއަ ޔޫއޭއީގެ ރައްޔިތަކު ބަލައި ފުލުހުން ދިއުމުން ޕޮލިސް ކާރުގެ ފަހަތު ދޮރުފަތަށް ގެއްލުންދީ ދޮރުފަތް ހަލާކުކޮށްލައިފިއެވެ.
އޭނާ އެހާލުގައި ހުރެ ގެއަށް ގޮސް ބޭނުންވީ ވަރިކޮށްފައިވާ އަނބިމީހާ އާއިއެކު ރޭކުރުމަށެވެ. ފުލުހުންނަށް އަންގަން ޖެހުނީ އެކަމަށް ދެކޮޅު ހެދުމުން ވަރިކޮށްފައި އިން އަނބިމީހާ އަށާއި ދަރިންނަށް ވަޅިއަކުން ބިރުދައްކަން ފެށުމުންނެވެ.
ކޯޓުގައި އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެތެރޭގައި "ހުއްދަ ނެތި" ބަނގުރާ ބުއިމާއި، ވަޅިއަކުން ބިރުދެއްކުމާއި ދައުލަތުގެ މުދަލަށް ގެއްލުންދިނުން ހިމެނެއެވެ.
އަނބިމީހާ ކޯޓުގައި ބުނީ ފިރިމީހާގެ އަނިޔާއަށް ކެތް ނުކުރެވިގެން ވަރިވިތާ 5 އަހަރު ވެއްޖެ ކަމަށާއި ދޭތެރެ ދޭތެރެއިން ގެއަށް އައިސް ހަމަނުޖެހުން އުފައްދާ ކަމަށެވެ. "އަހަރެންނާ ކުދިން ދިރިއުޅެނީ ވަކިން ގެއެއްގަ. އެކަމަކުވެސް އޭނާގެ ކިބައިން ސަލާމަތެއް ނުވޭ" 43 އަހަރުގެ އަންހެން މިހާ ބުނެފައިވެއެވެ.