ކައިވެނީގެ ފުރަތަމަ ރޭގެ ތަޖުރިބާއަކީ ވަރަށް ތަފާތު ތަޖުރިބާތަކެކެވެ. އެގޮތުން އެންމެ ތަފާތު ތަޖުރިބާއެއް ކުރަން ޖެހުނު އެއް އަންހެނަކީ އިންޑިއާގެ ޕަޓްނާއަށް ނިޞްބަތްވާ ކުމާރީއެވެ.
އަލަތު ކައިވެނީގެ ފުރަތަމަ ރޭ ނިދަން އެރުމަށްފަހު ފިރިމީހާ އޭނާއަށް މަޖުބޫރުކުރުވީ އޭނާގެ ހަޔާތުގެ ވާހަކަތައް ކިޔައި ދިނުމަށެވެ. އެއްވެސް މީހަކާއިއެކު ލޯބީގެ އެއްވެސް މުޢާމަލާތެއް ކޮށްފައިވާނަމަ އެކަން ބުނެދިނުމަށެވެ.
އެފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާކަމަށް ތަކުރާރުކޮށް ބުނުމުން ވެސް ފިރިމީހާ ބުނީ ކޮންމެވެސް ދުވަސްވަރެއްގައި ކޮންމެވެސް ކަމެއް ހިނގާފައިވާނެ ކަމަށެވެ. އެކަމެއް ކިޔައި ދިނުމަށެވެ.
ފިރިމިހާގެ ކިބައިން ސަލާމަތް ނުވެވުމުން މައްސަލަ ހައްލުވާނެ ކަމަށް ވިސްނައި ވަރަށް ޅަ އުމުރުގައި ހިނގި ކަމެއް ކަމަށްބުނެ ހަދައިގެން ޚިޔާލީ ވާހަކައެއް ކިޔައިދިނެވެ. ފިރިހެންކުއްޖަކު އޭނާ ދެކެ ލޯބިވެގެން އުޅުނު ކަމަށާއި ނަމަވެސް ބައްދަލުކުރުމުގެ ފުރުޞަތު ނުލިބޭ ކަމަށް ބުނެއެވެ.
ވާހަކަ ކިޔައިދީ ނިމުމާއިއެކު ފިރިމީހާ ބުނީ ކުމާރީއަކީ ތެދުވެރިއެއް ނޫން ކަމަށާއި އެފަދަ އަންބަކު ބޭނުން ނޫން ކަމަށެވެ. ވަރިކޮށްފައި ދަންވަރު ގެއިން ނެރެ ފޮނުވައިލީއެވެ. ޅިޔަނުންވެސް ބޭނުންވީ އެގޮތެވެ.
މިވާހަކަ މީޑިއާތަކުގައި އާންމުވުމުން ކުމާރީ މިހާރު ވަނީ ވަރަށް މަޝްހޫރު އަންހެނަކަށްވެފައެވެ. ތަފާތު ފެންވަރުގެ ގިނަ ބައަކު ދަނީ ކުމަރީ އާއި ކައިވެނިކުރަން އެދެމުންނެވެ.