ކޮރަޕްޝަނާ ކަޅު ފައިސާތަކުގެ ސަބަބުން ރައްޔިތުންނަށް ލިބިފައިވާ މާޔޫސްކަން ފިލުވާލާނަން: މޯދީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ކޮރަޕްޝަނާ ކަޅު ފައިސާތަކުގެ ސަބަބުން ރައްޔިތުންނަށް ލިބިފައިވާ މާޔޫސްކަން ފިލުވާލާނަން: މޯދީ
ކޮރަޕްޝަނާ ކަޅު ފައިސާތަކުގެ ސަބަބުން އިންޑިއާގެ ރައްޔިތުންނަށް ލިބިފައިވާ މާޔޫސްކަން ފިލުވައިލައްވާނެ ކަމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

މޯދީ މިމޭރުމުން ވިދާޅުވީ އިންޑިއާގެ ޗޭމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީ (ފިކީ) ގެ 90 ވަނަ އަހަރީ ބައްދަލުވުމުގައި ތަޤްރީރުކުރައްވަމުންނެވެ.

މޯދީ ވިދާޅުވީ ކޮރަޕްޝަނާއި ކަޅުފައިސާގެ ޑީލްތައް ހަދަމުން ގެންދާއިރު ރައްޔިތުންގެ އިޙްޞާޞްތަކަށް ނުވެސް ވިސްނާ ކަމަށެވެ. އަދި އެމަނިކުފާނުގެ އަމާޒަކީ މި ބޮޑު މުޞީބާތް އެކުގައި ފޮހެލެއްވުން ކަމަށެވެ.

މޯދީ ވިދާޅުވީ ފާއިތުވި 3 އަހަރަށް ބަލާއިރު އެމަނިކުފާނުގެ ސަރުކާރުން ވަނީ 5 ކްރޯޑް ފާޚާނާ ހަދާދީފައި ކަމަށާއި މިހާރުވެސް މަޝްރޫއު ދަނީ ކުރިއަށް ކަމަށެވެ. 3 އަހަރު ތެރޭގައި 3 ކުރޯޑް ވިޔަފާރި އަލަށް ފަށާފައިވާ ކަމަށެވެ.

ފަޤީރުންނަށް ވެސް ބޭންކު އެކައުންޓްތައް ބޭނުންވާކަން ދަނެގެން ސަރުކާރުން ކުރާ މަސައްކަތުން މި 3 އަހަރުތެރޭ 30 ކްރޯޑު އެކައުންޓް ހުޅުވިފައިވާ ކަމަށެވެ. "އަހަރެން މިދުނިޔެއަށް އުފަންވީ ފަޤީރުންގެ ދުނިޔެއަށް. ފަޤީރުންގެ އިޙްޞާޞްތައް ވަރަށް ރަނގަޅަށް އެނގޭ." ކަމަށްވެސް މޯދީ ވިދާޅުވިއެވެ.
މިއަދު އޮންލައިން