ޖެރޫސަލަމަކީ ފަލަސްޠީނުގެ ވެރިރަށް ކަމަށް އުރްދުޤާން ޢިއުލާން ކުރައްވައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ޖެރޫސަލަމަކީ ފަލަސްޠީނުގެ ވެރިރަށް ކަމަށް އުރްދުޤާން ޢިއުލާން ކުރައްވައިފި!
ޖެރޫސަލަމަކީ ފަލަސްޠީނުގެ ވެރިރަށް ކަމަށް ތުރުކީގެ ރައީސް ޠައްޔިބް އުރްދްޤާން އިއުލާނުކުރައްވައިފިއެވެ. ޠައްޔިބް އުރްދްޤާން މިކަން އިއުލާނު ކުރެއްވެވީ ތުރުކީގެ ވެރިރަށް އިސްތަންބޫލްގައި މިއަދު ކުރިއަށް ގެންދިއަ އޯއައިސީގެ ކުއްލި ބައްދަލުވުމުގައެވެ.

ސަމިޓުގައި އުރްދްޤާން ވަނީ ޖެރޫސަލަމަކީ ފަލަސްޠީނުގެ ވެރިރަށް ކަމަށް އިޢުލާނުކުރައްވައި އެކަން ބަަލައިގަތުމަށް ދުނިޔޭގެ ލީޑަރުންނަށް ގޮވާލައްވައިފައެވެ.

އުރްދްޤާން ވިދާޅުވީ އެމެރިކާއިން ޖެރޫސަލަމަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ބަލައިގަތީ އިޒްރޭލުން ދެމުން ގެންދާ ޓެރަރިސްޓް ހަމަލާތަކަށް ދިން އިނާމެއް ނުވަތަ ހަދިޔާއެއްގެ ގޮތުގައި ކަމަށެވެ.

އުރްދުޤާން ވިދާޅުވީ ޖެރޫސަލަމަކީ މުސްލިމުންގެ އަމިއްލަ ބިމެއް ކަމަށާއި އެ ބިމުގެ މިލްކުވެރިކަން އެހެން ބައަކަށް ފުރޮޅައި ނުލެވޭނެ ކަމަށެވެ. އެއީ ރަތް ރޮނގު ދަމާލެވިފައިވާ ސިޓީއެއް ކަމަށާއި އެ ރޮނގު އެގޮތުގައި ދެމިއޮންނާނެ ކަމަށެވެ.

ސަލްމާން ރަސްގެފާނު މިއަދު ޝޫރާ މަޖިލީހަށް ދެއްވި ބަޔާނެއްގައި ވެސް ވަނީ މިފަދަ މޭރުމަކުން ވާހަކަފުޅުދައްކަވައިފައެވެ.

ސަލްމާން ރަސްގެފާނު ވިދާޅުވީ އިރުމަތީ ޖެރޫސަލަމުގައި ވެރިރަށް ޤާއިމުކުރުމުގެ ހައްޤު ލިބިގެންވަނީ ފަލަސްޠީނަށް ކަމަށާއި އެމެރިކާ ބޭނުންވާ ގޮތަށް މައްސަލަ ހައްލުނުކުރެވޭނެ ކަމަށެވެ. ޓްރަމްޕުގެ ނިންމުންތައް އިއުލާނުކޮށްފައިވަނީ އދ ގެ ޤަރާރުތަކާއި ޚިލާފަށް ކަމަށާއި ޓްރަމްޕުގެ ނިންމުންތައް ބަލައި ނުގަނެވޭނެ ކަމަށެވެ.
މިއަދު އޮންލައިން