އިންޑިއާގައި ކޮންމެ ދުވަހަކު ރޭޕްކުރުމާއި މެރުމުގެ ސިލްސިލާއަށް ބޮޅެއް މިއަދު ވެސް އިތުރުވެއްޖެއެވެ. މިއަދު ފެނިފައިވަނީ 5 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރުމަށްފަހު ބޯޗިސްކޮށް މަރާލުމަށްފަހު އެއްލާލާފައި އޮއްވައެވެ.
މިމައްސަލައާއި ގުޅިގެން 23 އަހަރުގެ ޑިނޭޝް ކިޔާ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ކުއްޖާގެ އާއިލާއިން ބުނީ ޑިނޭޝްއަކީ އަވަށްޓެރިއެއް ކަމަށާއި ދޭތެރެދޭތެރެއިން ޗޮކްލެޓް ފަދަ ތަކެތި ކުއްޖާއަށް ދީ ރައްޓެހިކަން އުފައްދާ ކަމަށެވެ. ނަމަވެސް އެނާއަކީ އަވަށްޓެރިއަކަށްވުމުން އެފަދަ ނުބައި ނިޔަތެއް އޮވެދާނެ ކަމަށް ކުރިން ޤަބޫލުވެސް ނުކުރެވޭ ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން މިއަދު މެންދުރުވެސް އޭނާ ކުއްޖާ އާއިއެކު ކުޅެންވެސް އުޅުނެވެ. އިރުކޮޅެއްފަހުން ކުއްޖާ ނުފެނިގެން ކޮބައިތޯ ސުވާލުކުރުމުން ބުނީ ވީތަނެއް ނުއެނގޭ ކަމަށެވެ.
ފުލުހުންނަށް އެންގީ އަވަށުގެ މީހުން ކުއްޖާ ހޯދަން ކުރި މަސައްކަތުން ނުފެނުމުންނެވެ. ފުލުހުން ކުއްޖާ ހޯދީ ދުރުސަރަހައްދަކަށް އެއްލާލާފައި އޮއްވައެވެ.
ހައިދަރުއާބާދުގައި މިހާދިސާ ހިންގި މީހާއަކީ އެ ހިސާބުގައި އުޅޭ މަދްޔަޕްރަދޭޝްއަށް ނިޞްބަތްވާ މަސައްކަތުމީހެކެވެ.