ސައުދީ އަންހެން ޕްރޮފެސަރަކު އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ތަޤްރީރުކުރަނިކޮށް މަރުވެގެން ވެއްޓިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ސައުދީ އަންހެން ޕްރޮފެސަރަކު އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ތަޤްރީރުކުރަނިކޮށް މަރުވެގެން ވެއްޓިއްޖެ
ސައުދިއަރަބިޔާގެ އަންހެން ޕްރޮފެސަރަކު ޔުނިވަރސިޓީގެ އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ތަޤްރީރް ކުރަން ހުއްޓާ މަރުވެގެން ވެއްޓިއްޖެއެވެ.

ވެއްޓުމުގެ ކުރިން ކެތްތެރިވެ ތިބުމަށް (ތެޅިފޮޅި ނުގަތުމަށް) ބައިވެރިންނަށް އިލްތިމާސްކުރެއްވިއެވެ.

ކިންގ ޢަބްދުލްޢަޒީޒް ޔުނިވަރސިޓީގެ އިކޮނޮމިކްސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓުގައި ޚިދުމަތްކުރައްވާ ނިސްރީން އިސްމާޢީލް އަލްބަނާވީ ވެއްޓިވަޑައިގަތުމާއިއެކު އަަވަސްފަރުވާ ދިނެވެ. ހޮސްޕިޓަލަށް ވެސް ގެންދެވުނެވެ. އަވަހާރަވިކަން ހޮސްޕިޓަލުން ރަސްމީކޮށް އިއުލާނުކުރީ 2 ދުވަސް ފަހުންނެވެ.

ރަސްމިއްޔާތު ކުރިއަށް ގެންދިއަ ހޯލުގެ އޭސީ ސިސްޓަމް އެ ރޭ މަސައްކަތެއް ނުކުރެއެވެ. އެހެންކަމުން އެއްބައަކު ބުނަނީ މައްސަލަ ކުރިމަތިވީ ހޫނު ގަދަވެ ޕްރެޝަރު މައްޗަށް ދިއުމުން ކަމަށެވެ. އަނެއްވ ބައަކު ބުނަނީ އަވަސް ފަރުވާ ވަގުތުން ނުލިބުމުން ކަމަށެވެ. ފެކަލްޓީގެ ތަރުޖަމާނުގެ ބަސް ލިބޭ ގޮތެއް ނުވެއެވެ. އެއްވެސް ނޫހަކުން ކުރާ ކޯލަށް ޖަވާބު ނުދޭތީއެވެ.

މިއަދު އޮންލައިން