ޗައިނާ އާއި ރަޝިއާގެ އަސްކަރީ ސިފައިން ގުޅިގެން ކުރިއަށް ގެންދިޔަ ތަމްރީނުތައް ނިންމާލައިފިއެވެ.
ރަޝިއަން ނެޝަނަލް ގާރޑް ސިފައިންނާއި ޗައިނާގެ އާރމްޑް ޕޮލިސް ފޯސް ގުޅިގެން ބޭއްވި މި އެކްސަސައިޒަކީ ޓެރަރިސްޓް ގްރޫޕުތަކުން ސަލާމަތްކުރުމަށް ހިންގި އެކްސަސައިޒްތަކެކެވެ.
ޚާއްސަކޮށް ބަސްފަދަ ތަކެތި ހައިޖެކް ކުރުމުން އޭގައި ތިބޭ ޕަސެންޖަރުން ސަލާމަތްކުރުމުގެ އުކުޅުތައް ވަނީ ދަސްކޮށްފައެވެ.
މި އެކްސަސައިޒުގެ ސަބަބުން ޢާންމު ރައްޔިތުންނަށް ސިފައިނާމެދު އޮންނަ އިތުބާރު މިހާރަށްވުރެ ބޮޑުވެ، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަލުވާނެ ކަމަށް ޗައިނާއިން ބުނެއެވެ.
މިފަދަ އިތުރު ހަރަކާތްތައް ކުރިއަށް އޮތް ތާނގައި ބާއްވާނެކަމަށްވެސް ދެ ޤައުމުން ވަނީ ހާމަކޮށްފައެވެ.