އުމުރުން 17 އަަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޮނާކުރި ަކަމުގެ އިލްޒާމް އެޅިފައިވާ ކެންޓަކީގެ ޕާލަމެންޓް މެންބަރު ޑެން ޖޮންސަން މަރުވެއްޖެއެވެ.
އޭނާ މަރުވެފައި އޮއްވާ ފެނިފައިވަނީ ބްރިޖެއްގެ ކައިރިންނެވެ. ބަޑީގެ ވަޒަނެއް ގައަށް އަރާފައިވެއެވެ. ފުލުހުން ބުނަނީ އޭނާ މަރުވީ އަމިއްލައަށް ކަމަށް ބެލެވޭ ކަމަށެވެ.
އޭނާގެ ފޭސްބުކް ޕޭޖްގައި ލިޔެފައިވަނީ "މިކަން އަހަރެންނަށް އިތުރަކަށް ކެތްކުރެވޭވަރެއް ނޫން. އެކަމަކު އަހަރެންގެ މަންޒިލަކީ ސުވަރުގެ" ކަމަށެވެ.