ދެމަފިރިންގެ ލޯބިން ދަރިވަރުންގެ އަޚްލާޤަށް ބަދަލު އަންނާނެކަމަށް ބުނެ 2 ޓީޗަރުން ވަކިކުރި މައްސަލަ ހޫނުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ދެމަފިރިންގެ ލޯބިން ދަރިވަރުންގެ އަޚްލާޤަށް ބަދަލު އަންނާނެކަމަށް ބުނެ 2 ޓީޗަރުން ވަކިކުރި މައްސަލަ ހޫނުވެއްޖެ
ކަޝްމީރުގެ ތައުލީމީ އިންސްޓިޓިޔުޓެއްގައި ކިޔަވައިދޭ 2 ޓީޗަރުން ކައިވެނިކުރުމުން "ދެމަފިރިންގެ ލޯބިން" ދަރިވަރުންނަށް އަސަރުކުރާނެ ކަމަށް ބުނެ 2 ޓީޗަރުން ވަޒީފާއިން ވަކިކުރި މައްސަލައެއް ހޫނުވެއްޖެއެވެ.

ދެމަފރިން ވަޒީފާއިން ވަކިކުރީ ކައިވެނިކުރި ދުވަހުއެވެ.

މިކަމާއި ގުޅިގެން އަންހެން ޓީޗަރު ބުނީ އެމީހުންގެ ކައިވެންޏަކީ ލޯބީގެ ކައިވެންޏެއް ނޫން ކަމަށާއި އާއިލާއިން އިންތިޒާމުކުރި ކައިވެންޏެއް ކަމަށެވެ. ކައިވެނި ހަމަޖެހުމުން ސްކޫލުގެ ގްރޫޕުގައި ލިޔެ އެންމެންނަށް އެކަން އަންގާފައިވާނެ ކަމަށެވެ.

އެއިރު އެއްވެސް އެންގުމެއް ނުއަންގައި ސްކޫލުން ތިބުމަށްފަހު ކައިވެނީގެ ދުވަހު ކުއްލިއަކަށް ވަޒީފާއިން ވަކިކުރުމަކީ އިންސާފެއް ނޫން ކަމަށްވެސް އަންހެން ޓީޗަރު ބުނެއެވެ.

ދެމަފިރިންނަކީވެސް ސްކޫލުގައި ދިގު މުއްދަތެއްގައި ޚިދުމަތްކޮށްފައިވާ 2 ޓީޗަރުންނެވެ. އެމީހުންގެ ކިބައިން ލޯބީގެ އެއްވެސް ކަމެއް ދުވަހަކުވެސް ފެނިފައެއް ނުވެއެވެ. އެހެންކަމުން ގިނަ ބައަކު ދަނީ މިކަމާއި ނުރުހުން ފައުޅުކުރަމުންނެވެ.

މިއަދު އޮންލައިން