ދަރިވަރަކު މެރި މީހަކު މެރުމަށާ 10 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 30ސ
ދަރިވަރަކު މެރި މީހަކު މެރުމަށާ 10 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި
ޤާނޫނު ކިޔަވަމުންދިއަ އަންހެން ދަރިވަރަކު ރޭޕްކުރުމަށްފަހު މަރައިލި މީހަކު 10 އަަހަރަށް ޖަލަށް ލުމަށް އިންޑިއާގެ އަރްނާކުލަމްގެ ކޯޓަކުން ޙުކުމްކޮށްފިއެވެ.

ކޯޓުގެ ހުކުމުގައި ވަނީ 10 އަހަރުގެ ޖަލު ޙުކުމް އިއްވީ ޖިންސީ ގޯނާ ކުރުމުގެ އަދަބަށް ކަމަށެވެ. މަރަން ހުކުމްކުރީ މީހަކު މަރާފައިވާތީ ކަމަށެވެ.

ހުކުމާއި ގުޅިގެން ދަރިވަރުގެ މަންމަ ބުނީ އެ ޙުކުމަކީ އޭނާ ބޭނުންވެގެން ހުރި ޙުކުމް ކަމަށެވެ. އޭނާ ބޭނުންވަނީ ދަރިފުޅު މަރުވި ހާލަތުގައި ޤާޠިލުވެސް މަރުވާން ކަމަށެވެ.

ޙުކުމް އިއްވި ނަމަވެސް މަރުގެ އަދަބު ތަންފީޒުކުރާނީ ހައިކޯޓުން ޙުކުމަށް ތާއީދުކުރުމުންނެވެ.

މިއަދު އޮންލައިން