އެންމެ ހޫނު ގަދަ މެދުއިރުމަތީގަ ފިނިގަދަވެ ކޯރުތަކުގަ އައިސް ފަށަލަތައް ލާން ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 37ސ
އެންމެ ހޫނު ގަދަ މެދުއިރުމަތީގަ ފިނިގަދަވެ ކޯރުތަކުގަ އައިސް ފަށަލަތައް ލާން ފަށައިފި
ދުނިޔެއަށް އަންނަމުންދާ މޫސުމީ ބަދަލުތައް ބޮޑުވެ އެންމެ ހޫނު ގަދަ މެދުއިރުމަތީގެ ބައެއް ސަރަހައްދުތަކުގައި ފިނި ގަދަވެ ކޯރުތަކުގައި އައިސް ފަސަލަތައް ލާން ފަށައިފިއެވެ.

މިގޮތުން އޮމާންގެ ބައެއް ކޯރުތަކުގައިވެސް މިހާރު އައިސްފަށަލަތައް އެބަހުއްޓެވެ.

ސަރަހައްދުގެ މީހުން މިކަން ދެކެނީ އުފަލެއްގެ ގޮތުގައެވެ. ގަދަ ހޫނަށްވުރެ ފިނީގައި އުޅެން ފަސޭހަވާނެކަމަށް ބަލައެވެ. ނަމަވެސް މިގޮތަށް ފިނިގަދަވުމުން އަންނަނަމަ ފަހުން ކުރިމަތިވެދާނެ މައްސަލަތައް މާ ނުރައްކާވާނެ ކަމަށް ވަނީ ބެލެވިފައެވެ.

ހޫނު އެންމެ ގަދަ ސަރަހައްދުތަކުގައި މިފަދަ މައްސަލަތައް ކުރިމަތިވަމުން އަންނައިރު އެންމެ ފިނި ސަރަހައްދުތައް ދަނީ ހޫނު ގަދަވަމުންނެވެ. މިކަންކަމަށް ދުނިޔޭގެ ސައިންސްވެރިން ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.

މިއަދު އޮންލައިން