އެމެރިކާގެ ރައީސް ބޯހަރު ޓްރަމްޕް އިއުލާނުކޮށްފައިވާ ހަނގުރާމައިގެތެރެއިން ހަމާސް އިން އިޒްރޭލަށް ވަރުގަަދަ ހަމަލާތަކެއް ދީފާނެ ކަމަށް ބަަލައި އިޒްރޭލުން ޣާޒާއަށް ބޮން އެޅުން އިތުރުކޮށްފިއެވެ.
ރޭ ފަތިހުވެސް އިޒްރޭލުގެ ބޯޓުތަކުން ވަނީ ޣާޒާގެ 3 ސަރަހައްދަކަށް ބޮން އަޅައިފައެވެ. ބޮން އެޅުމަށްފަހު ބުނީ ބޮން އެޅީ ހަމާސް އިން ހަނގުރާމަވެރިން ތަމްރީނުކުރާ ތަންތަނަށް ކަމަށެވެ.
އިޒްރޭލުން ރޭ ފަތިހު ދިން ހަމަލާތައް އަމާޒުކޮށްފައިވާ އެއްތަނަކީ ގިނަ އަދަދެއްގެ ރިފިޔުޖީ ކޭމްޕެކެވެ. ރިފިޔުޖީ ކޭމްޕުތަކަކީ އިޒްރޭލުން ބުނާފަދަ އެއްވެސް ހަރަކާތެއް ހިންގާ ތަންތަނެއް ނޫނެވެ. އެތަންތަނުގެ އިތުރުން ހަމާސްގެ ނޭވަލް ބެސް އަކަަށާއި މިލިޓަރީ ބޭސްއެއްވެސް ހިމެނެއެވެ.
އިޒްރޭލުގެ ބޭނުމަކީ ކުރިއާލައި ހަމާސްގެ މަރުކަޒުތައް ހަލާކުކޮށްލުމެވެ. އިޒްރޭލަށް އެއްވެސް ހަމަލާއެއް ނުދެވޭނެ ގޮތް ހަދައި ހަމާސްގެ ބާރު ކަނޑުވައިލުމެވެ.