ދަގަނޑު ސޫކީ އަތުން ޑަބްލިން އެވޯޑް އަތުލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ދަގަނޑު ސޫކީ އަތުން ޑަބްލިން އެވޯޑް އަތުލައިފި
މިޔަންމާގެ ވެރިކަމުގައި ހުރި ދަގަނޑު ސޫކީ އަތުން "ފްރީޑަމް އޮފް ސިޓީ ޑަބްލިން އެވޯޑް" އަތުލައިފިއެވެ.

މިޔަންމާގައި މުސްލިމުންނަށް ކުރަމުން ގެންދިއަ އަނިޔާތައް ހުއްޓުވުމަށް ދަގަނޑު ސޫކީ އެއްވެސް ކަމެއް ކޮށްފައި ނުވާތީ އެވޯޑު އަތުލަން ނެގި ވޯޓަށް 59 މެންބަރުން ތާއީދުކުރިއެވެ. 2 މެންބަރަކު ވަކިކޮޅަކަށް ވޯޓުދީފައެއް ނުވެއެވެ.

ރޮހިންޔާ މުސްލިމުންގެ މިހާރުގެ ހާލަތައް ބެލި ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން ދުވާލަކު 300 ރޮހިންޔާ މުސްލިމުން މިޔަންމާ ދޫކޮށް ދިއުމަށް ބޯޑަރު ހުރަސްކުރެއެވެ.

ރާކިން ސްޓޭޓުގެ އަހުލުވެރިން ކަމަށްވާ ރޮހިންޔާ މުސްލިމުންނަށް ދަގަނޑު ސޫކީގެ ސިފައިންނާއި ހާމުދުރުން ދީފައިވާ އަނިޔާތަކަކީ ދެވަނަ ބޮޑުހަނގުރާމައަށްފަހު ދުނިޔޭގައި މިހައިތަނަށް ހިންގާފައިވާ އެންމެ އަނިޔާވެރި ޖަރީމާތަކެވެ.

މިއަދު އޮންލައިން