ދަގަނޑު ސޫކީ، ރޮއިޓަރސގެ 2 ނޫސްވެރިން، މިޔަންމާ މިނިވަންވުމުގެ ކުރީގެ ޤާނޫނެއްގެދަށުން ބަންދުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ދަގަނޑު ސޫކީ، ރޮއިޓަރސގެ 2 ނޫސްވެރިން، މިޔަންމާ މިނިވަންވުމުގެ ކުރީގެ ޤާނޫނެއްގެދަށުން ބަންދުކޮށްފި
މިޔަންމާގެ ވެރިކަމުގައި ހުރި ދަގަނޑު ސޫކީ، މިޔަންމާ އިނގިރޭސީންގެ އަޅުވެތިކަމުގައި އޮތްއިރު 1923 ވަނަ އަހަރު ހަދާފައިވާ ޤާނޫނެއްގެދަށުން ރޮއިޓަރސްގެ ދެ ނޫސްވެރިއަކު ބަންދުކޮށްފިއެވެ.

މިއަދު ބަންދުކޮށްފައިވަނީ ވާ ލޯން އާއި ކިޔޯ ސޯ އޫ ނަމަކަށް ކިޔާ ދެ ނޫސްވެރިންނެވެ. ދެ ނޫސްވެރިންވެސް ހައްޔަރުކުރީ ރާކިން ސްޓޭޓުގައި މުސްލިމުންނަށް ކޮށްފައިވާ އަނިޔާތަކުގެ މައުލޫމާތު ހޯދުމުގެ މަސައްކަތުގައި އުޅެނިކޮށެވެ.

ދަގަނޑު ސޫކީގެ އިންފޮމޭޝަން މިނިސްޓްރީން މިއަދު ބުނީ 2 ނޫސްވެރިންނާއި 2 ފުލަހަކު 1923 ގެ ޤާނޫނުގެދަށުން ކުށްވެރިވާ ކަމަށެވެ. އެމީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ 14 އަހަރުގެ ޖަލު ޙުކުމެއް އިއްވާނެއެވެ.

"އެމީހުންގެ ކުށަކީ ބޭރުގެ ފަރާތްތަކާ ހިއްސާކުރަން މައުލޫމާތު ހޯދުން" ކަމަށްވެސް އެމިނިސްޓްރީން ބުނެފައިވެއެވެ.
ދެ ނޫސްވެރިން ގެއްލުނީ 2 ފުލަހަކު ދިން ދައުވަތަކަށް ރޭ ކެއުމަކަށްދިއަތަނާއެވެ.
މިއަދު އޮންލައިން