އެމެރިކާ ކޯލިޝަނުން ސީރިޔާއަށް ބޮން އަޅައި އެއް ޢާއިލާއެއްގެ 23 މީހުން މަރާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
އެމެރިކާ ކޯލިޝަނުން ސީރިޔާއަށް ބޮން އަޅައި އެއް ޢާއިލާއެއްގެ 23 މީހުން މަރާލައިފި
އެމެރިކާ ކޯލިޝަނުން ބޮން އަޅައި ސީރިޔާގެ ޢާންމުންގެ އިތުރު 23 މީހުން މަރާލައިފިއެވެ. ރޭ ބޮން އަޅާފައިވަނީ ދެއިރު އިއްޒޯރުގެ ބައެއް ސަރަހައްދުތަކަށެވެ.

ރިޕޯޓްތައް ބުނާގޮތުން މަރުވެފައިވާ ޢާންމުންގެތެރޭގައި 6 އަންހެނުންނާއި 8 ކުޑަކުދިން ހިމެނެވެ. މިއެންމެންނަކީވެސް ސަލާމަތްކަން ހޯދުމަށްޓަކައި އެއް ގެއެއްގައި ނިދާފައި ތިބި ބައެކެވެ.

އެމެރިކާ ކޯލިޝަނުން ބޮން އަޅައި އެތައް ހާސް މީހުން މަރާފައިވީ ނަމަވެސް ކޯލިޝަނުން ބުނަނީ މަރުވީ ޢާންމުންގެ އެންމެ 801 މީހުން ކަމަށެވެ. މިއަދަދު އެއްވެސް ފަރާތަކުން ޤަބޫލެއް ނުކުރެއެވެ.

އެމެރިކާ ކޯލިޝަނުން ބުނީ ރޭ ވެސް ހަމަލާދިނީ ޑައޭޝްގެ ހަނގުރާމަވެރިންނަށް ކަމަށެވެ. މިއީ މިފަދަ ކޮންމެ އަނިޔާވެރި ހަމަލާއަކާއި ގުޅިގެން ކޯލިޝަނުން ބުނާ ޢާންމު ބަހެކެވެ.
މިއަދު އޮންލައިން