ޗައިނާގެ ގުއިޒޯ ޕްރޮވިންސްގައި މައިނެއްގޮވާ 5 މީހުން މަރުވެ، 20 މީހުން ޒަޚަމްވެއްޖެއެވެ.
މި މައިން ގޮވަން ދިމާވީ ގޭސްހޮޅިއަކުން ގޭސް ލީކުވުމުގެ ސަބަބުން ކަމަށް އެ ޤައުމުގެ ނޫސްތަކުން ބުނެއެވެ. އަދި އަނިޔާވީ މީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް ބުންޏެވެ.
މައިން ގޮވި ސަރަހައްދުން މީހުން ސަލާމަތް ކުރުމުގައި 500 މީހުން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެ ހާދިސާ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ޗައިނާގެ ފުލުހުންނާއި ހަވާލާދީ ނޫށްތަކުގައި ވަނީ ބުނެފައެވެ.