މުގާބޭ ސިންގަޕޫރުގެ ހޮސްޕިޓަލަކަށް ވަޑައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 27ސ
މުގާބޭ ސިންގަޕޫރުގެ ހޮސްޕިޓަލަކަށް ވަޑައިގެންފި
37 އަހަރުގެ ވެރިކަމަށްފަހު ވެރިކަމުން ދުރުކޮށް ރަސްމީ އިއްޒަތްތަކާއި ހަމަ މުސާރަ ދެމުން ގެންދާ ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބަރޓް މުގާބޭ ސިންގަޕޫރުގެ ހޮސްޕިޓަލަކަށް ވަޑައިގެންފިއެވެ.

ހޮސްޕިޓަލުން ބުނީ މި ޒިޔާރަތާއިބެހޭ އެއްވެސް މައުލޫމާތެއް ދެވެން ނެތް ކަމަށެވެ. ހޮސްޕިޓަލުގެ އެއްވެސް ކްލިނިކަކުން ފަރުވާ ހޯއްދެވިކަން ހާމަކުރެވެން ނެތް ކަމަށެވެ.

މުގާބޭ ދަތުރުފުޅު ކުރައްވަމުން ގެންދަވަނީ އަނބިކަނބަލުންނާއިވެސް އެކުގައެވެ. މިދަތުރުފުޅުގައި މެލޭސިޔާއަށް ވެސް ވަޑައިގަންނަވާނެއެވެ. އެއީ މެލޭސިޔާގައި ދަރިކަނބަލަކު އާލާސްވެއިންނެވުމުންނެވެ.
މިއަދު އޮންލައިން